އިންޑިއާގައި ކުރިއަށްދާ ޓްރެވެލް އެގްޒިބިޝަނެއްގައި މަޓާޓޯ އިިން ބައިވެރިވެއްޖެ

ސައުތުއޭޝިއަން ޓްރެވެލް ޓްރޭޑް އެގްޒިބިޝަންގައި ހުރި މަޓާޓޯ ގެ ސްޓޭންޑް--- ފޮޓޯ: މަޓާޓޯ

އިންޑިއާގެ ނިއުދިއްލީ ގައި މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސައުތުއޭޝިއަން ޓްރެވެލް ޓްރޭޑް އެގްޒިބިޝަންގައި މަޓާޓޯ އިން ބައިވެރިވެއްޖެއެވެ.

މި އެގްޒިބިޝަން އަކީ މި ސަރަހައްދުގައި ބާއްވާ އެންމެ މަގުބޫލު އެއް ޓްރެވެލް އެގްޒިބިޝަނެވެ. މިއީ މި އެގްޒިބިޝަން ބާއްވާ 25 ވަނަ ފަހަރެވެ.

ނިއުދިއްލީގެ ޕްރަގަތީ މައިދާންގައި ކުރިއަށްދާ އެގްޒިބިޝަނުގައި 35 އިންޓަނޭޝަނަލް ޑެސްޓިނޭޝަނުން 500 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ.

މިއީ މިއަހަރު މަޓާޓޯ އިން ބައިވެރިވާ ފުރަތަމަ ޓްރެވެލް އެގްޒިބިޝަނެވެ. މި އެގްޒިބިޝަނުގައި ރާއްޖޭގެ ރިސޯޓުތަކޢި ގެސްޓްހައުސް އަދި ޓްރެވެލް އެޖެންޓުން ހިމެނޭގޮތަށް 10 ފަރާތަކުން ބައިވެރިވެއެވެ.

އަންނަ މަހު ތައިލެންޓުގައި އޮންނަ ތައި އިންޓަނޭޝަނަލް ފެއާގައި ބައިވެރިވުމަށް މަޓާޓޯ އިން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް