ޖިއާ ޚާންގެ މަރާ ގުޅިގެން ސޫރަޖް ޕަންޗޯޅީގެ މައްޗަށް ދައުވާކޮށްފި

ބޮލީވުޑްގެ ބަތަލާ ޖިއާ ޚާންގެ މަރާ ގުޅިގެން ޖިއާގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ ތަރި ސޫރަޖް ޕަންޗޯޅީގެ މައްޗަށް ދައުވާކޮށްފިއެވެ.

ޖިއާގެ މަރުގެ ޒިންމާ ނަގަންޖެހޭނެ މީހަކީ ސޫރަޖް ކަމަށް ޖިއާގެ މަންމަ ވަނީ ބުނެފައެވެ. ޖިއާގެ މަރުގެ މައްސަލަ ކޯޓަށް ހުށަހެޅީ މަންމަ އެވެ. ކޯޓަށް ހުށަހެޅި މައްސަލަ ހުށަހެޅި އިރު ބުނެފައިވަނީ ޖިއާ މަރުވީ އަމިއްލަ އަށް ނޫން ކަމަށާއި ޖިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސޫރަޖް ޕަންޗޯލީ އޭނާ މަރާލީ ކަމަށެވެ. މީގެ ކުރިން ސޫރަޖް އާ ދެކޮޅަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވިފައިވަނީ އޭނާ އާ ދެކޮޅަށް ހެކި ހުށަހެޅިފައި ނުވާތީއެވެ.

ޖިއާ މަރުވެފައި އޮއްވާ ފެނުނީ 2013 ވަނަ އަހަރުގެ ޖޫންމަހުގެ ތިންވަނަ ދުވަހުއެވެ. ޖިއާގެ ކޮޓަރިން ފެނުނު ނޯޓެއްގައި ބުނެފައިވަނީ އޭނާ މަރުވީ ސޫރަޖް އާ ހެދިކަމަށެވެ.

ސޫރަޖްގެ މައްޗަށް ދައުވާކޮށްފައިވާއިރު އޭނާގެ ބައްޕަ، އެކްޓަރު އަދިތިޔާ ޕަންޗޯޅީ ބުނީ ޖިއާގެ މައްސަލަ އަދި ފެށުނީ ކަމަށެވެ. ސޫރަޖްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އެ މައްސަލާގައި އޭނާ ކުށްވެރިވާނަމަ ސޫރަޖް އަށް ހައްގު އަދަބު ދޭނެ ކަމަށްވެސް އަދިތްޔާ ވަނީ ބުނެފައެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ބޮލީވުޑަށް ނިކުތް ސޫރަޖް ހައްޔަރުކޮށްފައިވާއިރު ހަބަރުތައް ބުނާގޮތުން އަންނަ މަހުގެ ތެރޭ މައްސަލަ ކޯޓުގައި ފެށޭނެއެވެ. ސޫރަޖްގެ ބައްޕަ އަދިތްޔާ ބުނީ ޖިޔާގެ މަންމަ މަސައްކަތް ކުރަނީ މައްސަލަ ދަންމާލަން ކަމަށެވެ. ނަމަވެސް މައްސަލަ ދެން އަވަސްވާނެ ކަމަށް އުއްމީދު ކުރާކަމަށް އަދިތްޔާ ވަނީ ބުނެފައެވެ.

ޖިއާ މަރުވީ ސޫރަޖުގެ ދަރިއަކަށް ބަލިވެ އިނުމުން އެ ދަރިފުޅު އެބޯޓް ކުރުމަށް ސޫރަޖު އެންގުމުން ކަމަށާއި ސޫރަޖްގެ ފަރާތުން ޖިއާ އަށް އަނިޔާ ލިބިފައިވާ ކަމަށްވެސް ޖިއާގެ މަންމަ ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް