ތިޔަ ލޯތްބާ ދުރަށް ފިލްމުގެ ދެވަނަ ޓީޒާއެއް އާންމުކޮށްފި

ތިޔަ ލޯތްބާދުރަށް ފިލްމުގެ މަންޒަރެއް -- ފޮޓޯ: ފޭސްބުކް

މަޝްހޫރު ދިވެހި ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ގެ ފުރަތަމަ ޑައިރެކްޝަން "ތިޔަ ލޯތްބާ ދުރަށް" ގެ ދެވަނަ ޓީޒާއެއް އާންމުކޮށްފިއެވެ.

އޭޕްރީލް 21 ވަނަ ދުވަހު ސްކްރީނަށް އަންނަ މި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އަވައްޓެރި ސްރީލަންކާގައެވެ. އަހުމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަހީދު (މަލް) ލީޑް ރޯލުން ފެނިގެންދާ ތިޔަ ލޯތްބާ ދުރަށް އަކީ ތިނެސްކަން ލޯބީގެ ފިލްމެކެވެ.

އަހުމަދު އަމަން، މަރިޔަމް ޝަހުޒާ އަދި އާރިފާ އިބްރާހިމް ފަދަ ތަރިންވެސް ފެނިގެންދާ މި ފިލްމުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ފިލްމުގެ ކެމަރާމަންއަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

އެ ފިލްމުގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން ނޫނީ TLD (seat/show)s ޖެހުމަށްފަހު 4044 އަށް އެސްއެމްއެސް ކޮށްގެންވެސް ޓިކެޓް ބުކް ކުރެވޭނެއެވެ.

މިއީ ލޯތްބާ ހިތާމަ އެކުލެވިގެންވާ، ދިވެހި ސިނަމާއަށް ވަންނަ މީހުން ބަލާހިތްވާނެ ވަރުގެ ފިލްމަކަށްވާނެ ކަމުގެ އުއްމީދު ފިލްމުގެ ޑައިރެކްޓަރު މަރީ ދެއެވެ.

comment ކޮމެންޓް