މިފްކޯގެ މަސްބޯޓެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި

ފެލިވަރު ކައިރިން އަޑިއަށްދާން ފެށި މިފްކޯގެ މަސް ބޯޓު --- ފޮޓޯ/ އެމްއެންޑީއެފް

ޅ. ފެލިވަރު ކައިރިން މިފްކޯގެ މަސްބޯޓެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ފެލިވަރު ކައިރީ އަޅާފައި އޮތް މިފްކޯގެ މަސްބޯޓު ދިޔަވާކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރުފަހު 3:30 ގައި ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ މަސްބޯޓުގައި ޖުމްލަ 24 މީހުން ތިބި ކަމަށާއި 10 ދިވެހީންނާއި 14 ބިދޭސީން ކަމަށް އޭނާ ވިދާޅުވިއެވެ.

މަސް ބޯޓުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް