ރައީސް މައުމޫނު ދިރިއުޅުއްވާ އެންދެރިމާގެއަށް ވެސް ފުލުހުން ވަދެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް މިއަދު ފާރިސް ދިރިއުޅުއްވާ ގެ އަށް ވަޑައިގަންނަވަނީ ---

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަމުން ދަނިކޮށް ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ޤައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާ ގެ އަށް ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެއްޖެއެވެ.

އެންދެރިމާގޭގައި ހުންނަވައިގެން، ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވަނީ އެ ގެ އަށް ފުލުހުން ވަދެފައިވާ ކަން 'ސަން' އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެންދެރިމާގެއަށް ފުލުހުން ވަދެފައިވާއިރު ރައީސް މައުމޫން ހުންނެވީ ފާރިސް ދިރިއުޚުއްވާ މ. ސްނޯރޯސް ގައެވެ. އެގޭގައި ހުންނަވައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުން އެންދެރިމާގެއަށް ވަދެފައިވަނީ ފާރިސް ދިރިއުޅުއްވާ ތަންތަން ބަލައި ފާސްކުރުމުގެ ކޯޓު އަމުރުގެ ދަށުން ކަމަށެވެ. އަދި އެންދެރިމާގޭގައި ފާރިސްގެ ކޮޓަރިއެއް އަދި އޮފީހެއްވެސް ނުހުންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

މ. ސްނޯރޯސް ބާލާ ފާސްކޮށް މިހާރު ވަނީ ފާރިސް މައުމޫން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

comment ކޮމެންޓް