ވަން ޕްލަސްގެ ބޮޑެތި ވާހަކަތަކެއް

ވަން ޕްލަސް6 ގެ ޑިޒައިން ކަމަށް ބެލެވޭ ޑިޒައިނެއް---

ސްމާޓް ފޯނުތަކުގެ ދުނިޔޭގައި ވަން ޕްލަސް އަކީ މިހާރު ފަހަގަ ކުރަންޖެހޭ ނަމެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯދާ، ސެމްސަންގް، އެޕަލް ފަދަ ކުންފުނިތަކާ ވާދަކުރަން ފަށާފައިވާ ވަން ޕްލަސް އިން އަންނަނީ ސްމާޓް ފޯނުގެ ބާޒާރަށް ބޮޑެތި އިންގިލާބުތައް ގެންނަމުންނެވެ.

ވަން ޕްލަސްގެ ސީއީއޯ ޕީޓް ލައު ދަ ޓެލެގްރާފަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ފާއިތުވި 2017 ވަނަ އަހަރު ވަން ޕްލަސް އަށް ލިބުނު ފައިދާ ދެގުނަ ވެފައިވާ ކަމަށެވެ. އެކުންފުނީގެ ރެވެނިއުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ޕައުންޑް ޖެހިފައިވާ ކަމަށްވެސް ޕީޓް ވިދާޅުވިއެވެ.

ވަން ޕްލަސްގެ އާމްދަނީ އާންމުކޮށްފައިމިވަނީ އެކުންފުނީގެ އާމްދަނީ އާ ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަ ނުކުރާތާ ތިން އަހަރު ފަހުންނެވެ. ސީއީއޯ ޕީޓް ވިދާޅުވީ އަމާޒަކީ ވަން ޕްލަސް އަކީ ޓްރާންސް ޕޭރެންޓް ކުންފުންޏަކަށް ހެދުން ކަމަށާއި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ވުން ކަމަށެވެ.

މިދިޔަ އަހަރު ވަން ޕްލަސް އިން ތައާރަފްކުރި ވަން ޕްލަސް 5 އަދި 5 ޓީ އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ދެ ފޯނަކީ އެލްމެނިޔަމް ބޮޑީ ފޯނެވެ. ވަން ޕްލަސް 5 ގެ ސީރީޒްގައި ޑުއަލް ކެމެރާ ހިމެނޭއިރު 5ޓީ އަށް ވަނީ ފޭޝަލް ރިކޮގްނިޝަން ފީޗާވެސް ދީފައެވެ. އޭގެ ފަހުން 5 އަށްވެސް މި ފީޗާ ތައާރަފްކޮށް ވަން ޕްލަސްގެ 3 އަދި 3ޓީ އަށްވެސް ފޭސް ރިކޮގްނިޝަން ދޭން މިހާރުު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެޕަލް، ސެމްސަންގް، އެޗްޓީސީ ފަދަ ވާދަވެރިންނާ އަޅާ ބަލާއިރު ވަން ޕްލަސް އަކީ ކުޑަ ކުންފުންޏެއް ނަމަވެސް އެކުންފުނިން އަންނަނީ އަހަރުން އަހަރަށް ލިބޭ އާމްދަނީ އިރުރުކޮށް އާ ފޯނުތައް ކޮންމެ އަހަރަކުވެސް ތައާރަފް ކުރަމުންނެވެ. ވަން ޕްލަސްގެ އާފޯނު ވަން ޕްލަސް 6 މިއަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ނެރޭނެ ކަމުގެ ޔަގީންކަން ސީއީއޯ ވަނީ ދީފައެވެ.

comment ކޮމެންޓް