ނިމިގެންދިޔަ ދިވެހި ފިލްމު އެވޯޑުގެ ނޮމިނެޝަންސް އާ ހިސާބުން އެންމެ ބާރަށް ދެކެވުނީ ޑައިރެކްޓަރު އަދި ފާތިމަތު ނަހުލާގެ 4426 އެވޯޑުގެ މުހިއްމު ކެޓަގަރީތަކުން ނޮމިނޭޓުނިވި ވާހަކައެވެ. ނޮމިނޭޝަންސް އިއުލާނުކޮށް ނުނިމެނީސް ނަހުލާ ވަނީ އޭނާގެ އުދާސްތައް ބޭރުކުރަން ފަށައިފައެވެ.
އޭރުވެސް ނަހުލާ ބުނަމުންދިޔައީ "4426 އަކީ ގެއްލޭވަރު ފިލްމެއް ނޫން" ކަމަށާއި "އެ ފިލްމު ޖެހޭނީ ގެއްލުވާލަން" ކަމަށެވެ. އެ ފިލްމަކީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް އިންގިލާބެއް ގެނައި ފިލްމެއް ކަމަށްވެސް ނަހުލާ ބުންޏެވެ.
މިއަދުވެސް ނަހުލާ ބުނަނީ އެހެންނެވެ. ފިލްމު އެވޯޑްސްގެ ކަންތައް އަދިވެސް ނަހުލާގެ ހިތުން ފިލައިގެން ނުދެއެވެ. ފޭސްބުކްގައި ނަހުލާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ 4426 އަށް ޖަޖުން މާކްސް ދީފައިވާގޮތް ފެންނަ މާކްސް ޝީޓެއް އާންމުކޮށްފައެވެ.
އެ ޝީޓާއެކު ނަހުލާބުނީ 4426 ކަޓުވަލިގޮތް ފެންނަން "މިއޮތީ" ކަމަށެވެ. އެ ޝީޓުން ފެންނަނީ ފަނޑިޔާރުންގެ ތެރެއިން ޖަޖު "ޖީ" 4426 އަށް ވަރަށް ދަށްކޮށް މާކްސް ދީފައިވާ ތަނެވެ. އެހެން ޖަޖުން ހަ މާކްސް ދީފައި ހުންނަ ތަންތަނަށްވެސް ޖަޖް ޖީ ވަނީ 1 މާކްސް ދީފައެވެ.
ނަހުލާ ބުނީ ޖަޖު "ޖީ" އަކީ ކާކުކަން އޭނާ އަށް އެނގޭ ކަމަށެވެ. އަދި އެއީ ކާކު ކަން ސާބިތުކޮށް ޝަރީއަތަށް ދާނެ ކަމަށްވެސް ނަހުލާ ބުންޏެވެ. އަދި އެއީ ކާކުކަން އެހެން މީހުންނަށްވެސް އަންގާނެ ކަމަށް އޭނާ ބުންޏެވެ.
ފިލްމު އެވޯޑުގެ ޖަޖުންގެ ޕެނަލްގައި ހިމެނުނީ އަލި މަނިކު، މުހައްމަދު ޝަރީފް، މުހައްމަދު ޝަމީމް، ޑރ އަޝްރަފް އަބްދުއްރަހީމް، އާމިލާ އާދަމް، ހުސައިން އިމްތިޔާޒް އަދި ތައްޔިބު މުހައްމަދު އެވެ.
އެކަމާ ގުޅިގެން ސަން އާ ވާހަކަ ދައްކަމުން ނަހުލާ ބުނީ އެ މީހަކީ (4426 ކަޓުވައިލި މީހާ) އޭނާ އާ ވަރަށް ގާތް މީހެއް ކަމަށެވެ.
"ފިލްމީ ދާއިރާގެ މީހެއް ނޫން އެއީ. ބަލާލީމަ ވެސް އެބަ އެނގޭ ޒާތީވެގެން ކަން އެގޮތަށް މާކްސް ދީފަ އެއޮތީ. އޭނަ އަހަންނާ ޒާތީ ވާންވި އެއްވެސް ސަބަބެއް ނެތް،"
ނަހުލާ ބުނީ އެ މީހަކީ ފިރިހެނެއް ކަމަށެވެ.
"އޮތިއްޔާ އޮންނާނީ އަހަންނާ ގާތްކަމެއް. ކޮފީއަކުން ދިމާވުން ކަހަލަ ކަމެއް. އެއްކަމަކީ އޭނަގެ ހިތުގައި ހަސަދަ އޮވެގެން އެގޮތަށް ކަން ކުރުން. އަނެއް ކަމަކީ އޭނަ ބޭނުންވާ ފިލްމު ނޮމިނޭޓް ކުރަންވެގެން، އަހަރެންގެ ފިލްމު ކަޓުވާލަން ބޭނުންވުން،" ނަހުލާ ބުންޏެވެ.
މިފަހަރު ފިލްމު އެވޯޑުގެ ޖަޖުން ހޮވާފައި ތިބިގޮތް ރަނގަޅުކަން ނަހުލާ ފާހަގަ ކުރިއެވެ. އެގޮތުން ފިލްމީ ދާއިރާގެ މީހުން ފަނޑިޔާރުންނަށް ލުމުން މާކްސް ދިނުމުގައި މާބޮޑަށް ޒާތީ ވާކަމަށާއި މިފަހަރު ޖަޖުންނަށް ތިބީ ފިލްމީ ދާއިރާގެ މީހުން ނޫންކަން ފާހަގަ ކުރާ ކަމަށް އޭނާ ބުންޏެވެ.
"އެކަމަށް އެންސީއޭ އަށް ކްރެޑިޓް ދޭންވެސް އަހަރެން ބޭނުން،"

ދިވެހި ފިލްމު 4426ގެ މަންޒަރެއް -- ފޮޓޯ: ފޭސްބުކް
ނަހުލާ ބުނީ 4426 އަށް ނާއިންސާފުން މާކްސް ދިން މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާނެ ކަމަށެވެ. "އެކަން ޝަރީއަތަށްވެސް ހުށަހަޅާ ގެންދެވެން އޮތް އެންމެ މައްޗަށް ގެންދާނަން. މިއީ އަހރެންގެ ހައްގު ހޯދަން ކުރާ ކަމެއް. މިގޮތަށް ނައިންސާފުން އެހެންމީހަކަށް ކަން ކުރި ނަމަވެސް އެ މީހެއްގެ ހައްގުގައިވެސް އަހަރެން ތެދުވާނަން،" ނަހުލާ ބުންޏެވެ.
"މިއިން މި އެނގެނީ އެންމެ މީހެއްގެ ސަބަބުން ވެސް ނަތީޖާ ބަދަލުވެދާނެކަން. ނަތީޖާ ބަދަލު ކުރަން އޭނަ ގަދާފަ ހުރި ގޮތް ނިކަން ބަލާލަބަލަ. އަހަރެން މިބުނާ އެއްޗަކީ 4426 އަކީ މީހެއްގެ ލޮލުގަ އަޅާ ނުގަނެ ދާނެ ފިލްމެއް ނޫނޭ ރާއްޖޭގެ ތާރީހުގައިވެސް. އެވަރުގެ ފިލްމަކަށް 1 ނޫނީ 1.2. އެންމެންނަށް ވެސް މިހާރު އެނގޭނެ އެހެރީ އެހެން ހަދާފަކަން (ގަސްތުގައި ދަށްކޮށްލާފަކަން)،" ނަހުލާ ބުނީ ޖަޖު "ޖީ" ފިޔަވާ އެހެން ފަނޑިޔާރަކާމެދު ހިތްބުރަކަމެއް ނެތް ކަމަށެވެ.

"އަހަރެން ކޮންމެހެން ބޭނުންވަނީ އަހަރެންގެ ފިލްމަށް އެވޯޑެއް ލިބުމެއް ނޫން. އަހަރެން ބޭނުންވަނީ އަހަރެން ބޭނުންވަނީ މިހެން ނާއިންސާފުން ކަންތައް ކޮށްފިކަން ޝައްކުވާތީވެ އެކަމަށް އިންސާފު ހޯދުން. އަހަރެން ސުވާލު އުފައްދަން ބޭނުން އަނެއް ކަމަކީ އެހެން ހުރިހާ ޖަޖުން ތިބި ތަނެއްގެ އެގޮތަށް (ދަށުން މާކްސް ދިން އިރު) އިންސާފު ކުރި އިރު އެތާނގަ ނެތް ހެއްޔޭ އެކަން ބަލަހައްޓާނެ މީހަކު؟"
ނަހުލާ ބުނީ ޖަޖުން ގެނެސްފައި ތިބީ އެމީހުންގެ ކޮލިފިކޭޝަން އަށް ބަލާފައި ކަމަށެވެ. "އެންސީއޭ އިން ދޭ 10،000 ރުފިޔާ އަކަށް ނޫނޭ ޖަޖުކުރަން އަންނަންވީ. ތިމާގެ ގާބިލުކަން ހުރެގެން ޖަޖު ކުރަން އަންނަންވީ. ގަސްތުގަ ހަދާފަ އިން އެއްޗެއް އެއީ،" ހިތްހަމަ ނުޖެހިފައި ހުރެ ނަހުލާ ބުންޏެވެ.
ނަހުލާ ބުނީ އެ ޖަޖު ބޭނުންވާ ކެޓަގަރީ އިން (ވިޒުއަލް އާޓްސް) އިން 4426 އަށް ވަރަށް މަތިން މާކްސް ދިން ކަމަށެވެ. އެގޮތަށް ކަން ކުރީ އެ ކެޓަގަރީ އިން އަހުމަދު ސިނާނު ހޮވޭނެކަން އެނގޭތީ ކަމަށް ނަހުލާ ވަނީ ބުނެފައެވެ.
"އެއްކަމަކީ އޭނަ ބޭނުންވާ ފިލްމެއް ގެންދަންވެގެން އެފިލްމަކާ ގުޅުން ހުރި މީހަކަށް އޭނަ ވުން. އަނެއް ކަމަކީ ސީދާ އަހަންނާ ޒާތީ ވުން. ދިސް އިޒް ކޮރަޕްޝަން. އަހަރެން މި މައްސަލަ އޭސީސީ އަށްވެސް ވައްދާނަން،"
އެގޮތަށް ކަންކުރަން ބޭނުންވަނީ ފިލްމީ ދާއިރާގެ މުސްތަގުބަލަށްޓަކާ ކަމަށް ވެސް ނަހުލާ ފަހަގަކުރިއެވެ.
comment ނަބީލް
7 year 3 month ago
އަސްލުވެސް މިފަހަރު ފިލްމް އެވޯޑްގައި މޮޅުފިލްމް ތަކެއް ބައިވެރި ވެފައިވޭ. ބައިވެރި ވެފައިވާ ފިލްމް ތަކަށް ބަލާލިޔަސް އިގޭނެ 4426 އަށް އެ އެ އެޥޯޑް ތަކެއް ހައްގު ނުވާކަން 4426 އަށް ތުރެން މާހައްގު އެއްޗެހި އެބަހުރި. ނަހުލާ ހޭބަލި ވެބަލަ. އަބަދު ނުފޫޒު ބޭނުންކުރަން.
comment ާަ
7 year 3 month ago
ތީ ނަންބަރުވަންގެ ފިލްމެއް އައްޔަ ދުވާފަރު
comment ޙަމީދު
7 year 3 month ago
ތިކަހަލަ ކަންކަމަކީ ދުނިޔޭގަ ތިގޮތަށް ހިނގާކަންކަން. ތިކަަހަަލަ ކަންކަމުގަ މީހުން ހިތްހަމަ ނުޖެހުނީމަ. ޢެވޯޑްތައް ބޮއެކޮޓް ކުރަނީ. ނަހޫ ތިއުޅެނީ ކިހިނެއް. މިހާރު ނަހޫ އަބަދު އުޅެނީ ކޮންމެވެސް މީހެއްގެ ފަހަތު އަޅައިގަނެގެން. ނަހޫއަށް އެންމެ މޮޅީ ނަހޫގެ ފިލްމުތަކަށް ވީމާ ކަމަކު ނުދާނެ. ޢަނެއްކާ ކޮން އުޞޫލަކުންތޯ ރަސްމީ ސިއްރު ލިޔުމެއް ހޯދާ ޕަބްލިކަށް ހާމަކުރީ. ޢަސްލު ތިކުށް އޭސީސީ ބަލަން މާ ޙައްޤުކަން ބޮޑުކަމަށްފެންނަނީ.
reply ނަބީލް
7 year 3 month ago
އަސްލުވެސް. ނަހުލާ ބުނާގޮތުން އެއްމެން ތިބެނީ އޭނަޔާ ޖައްސާލާފަ. މަށައްވެސް ފެނާނި ނަހުލާގެ މައްސަލަ ބަލަން.
comment ޖައުފަރު
7 year 3 month ago
ތިވަރަށް ނުވާނެ ދުނިޔެއާއި ހެދި އުޅޭކަށް މި ބުނީ ފިނޑިވާކަށޭވެސް ނޫން ، ޝުކުރު ކޮށްލުން ރަނގަޅުވާނެ
comment ބޯހަލާކު
7 year 3 month ago
ދެން ފަހަރަކު ފިލްމް ޖަޖުކުރަން އޭސީސީއަށް ދޭން ވީއްނު. މީވާ ފިސާރި އަންހެނެއް
comment ނަހޫ
7 year 3 month ago
ފިލުމު ހެދުން ހުއްޓާލުމަށްފަހު ޖަޖަކަށް ވާން ފެނޭ
comment ސިނާނު
7 year 3 month ago
އެވޯޑާއި ދޭތެރޭ އެއްވެސް މައްސަލައެއް އޮތްނަމަ އެކަން ލިޔުމުން އެންސީއޭ އަށް 7 ދުވަސްތެރޭ ހުށަހަޅަން އޮންނާނެ ގަވާއިދުގަ. މިހާރު ދެން ތި ވާހަކައެއް ނުދެއްކޭނެ. ޖަޖުގެ މާކްސްއަކީ އޭނާގެ އަމިއްލަ ކަމެއް އެކަކު 10 ދިނަސް އެންމެން ނުޖެހޭނެ އެވަރު ދޭކަށް. ކްރިއޭޓިވިޓީ ނޭނގޭ މީހަކު ތިފާޑަށް އުޅޭނީ
comment އެއްކަލަ މީހާ
7 year 3 month ago
ހަމަ ހުސް 1 ދީފަ 4426 އަށް ތި ޖަޖު ޖީ. ހަމަ ރީއްޗަށް އިނގޭ ކަޓުވާލާފަކަން. މި ކޮމެންޓު ކުރާ މީހުން ފާޑު ފާޑު އެއްޗެހި ތި ކިޔަނީ ބަލާލިންތަ އޭގަ މާކްސް ދީފަ އިންގޮތެއް. މަ ހަމަ ހައިރާން ވެއްޖެ އިންސާނަކު ތިހާ ބޮޑު ލަނޑެއް ތިހާ ނުލަފާ ކަމެއް ކުރީމަ. ނަހުލާ އަޅާނުލާ އަހަރުންނަށް އެވޯޑް އެންމެ ހައްގު ފިލްމަކީ 4426.
comment ސައިހާ
7 year 3 month ago
މިފަހަރުއެވޯޑުނުލިބުނީމައެވޯޑުއަބަދުދޭންޖެހޭމީހަކައްނުދިނީމަހާދަވަރެއްވެޔޭދޯއަދިފެންނާނެމިހާރުކޮފީއެވޯޑުލިބަފަތިބަމީހުންނަށްދެއްފަހަރަކުންނުލިބިއްޖޭމުންއުޅޭގޮތްބަލންތިބޭ
reply ހާމިދު
7 year 3 month ago
ސައިހާ! ކީބޯޑުގެ ސްޕޭސް ކީ ހަލާކުވީތަ. ނޮހޮރުއްޕާނެކޭ ތި ކޮމެންޓް ކިޔަން
comment ޕީސްބޯއީ
7 year 3 month ago
މީހަކާ ދިމާލަަަށް އެނިމަލް އޭ ނުބުނެވޭނެ.
comment ޖަޖު ޖީ
7 year 3 month ago
ރީތި ފިލްމެއްނަމަ ރަނގަޅެ މާކުސް ދޭން.. ނަހުލާ ފިލްމުވެސް ހަދަނި މީހުންނަަށް ޖެއްސުން ކުރުމަށާ އެވޯޑަށް.. ނަހުލާ އަކަަށް ނޫން މާކުސް ދޭންވީ ވަރު އިނގޭނީ ވެސް..
comment މުހައްމާ
7 year 3 month ago
4426 އަށް އެއްވެސް އެވޯޑެއް ހައްގެއް ނޫން!!! މަސް ނުބޭނުނީމަ ކަނޑު ނުބައި ކުރަން ތިއުޅެނީ!! ނަހުލާގެ ފިލުމަށް އެއްވަނަ ނުލިބުނީމަ ޖަޖުން ގޮވާގެން ކޯޓަށް!! ޓިޕިކަލް ދިވެހި އަންހެނަކަށް ވުރެ ނަހުލާގެ ވިސްނުން ރަނގަޅު ވާން ޖެހޭނެ!!!
comment ޙެހެހެ
7 year 3 month ago
ޙަޖަމް ނަހޫ އެހެން ނޫނަސް ކޮޕީފިލްމެއްނު
comment ޭައަސްލުމީހާ
7 year 3 month ago
ޖަޖުދޭނީ ޖަޖަށް ފެންނަ މާކްސް އެއްތާ އެކަމުގަ ކޮން މައްސަލައެއް އޮންނާނީ، ހީވާ ގޮތުން ނަހުލާ ހުރީ ޒާތީވެފަ އެހެން ވެެގެން ހުއްޓާނުލާ ވާހަކަ ދައްކަނީ.