ދިރާގުގެ ބޯޑު މެންބަރަކަށް އަހުމަދު ހާފިޒް ހަމަޖައްސައިފި

ދިރާގުގެ ބޯޑު މެންބަރަކަށް އަހުމަދު ހާފިޒް ހަމަޖައްސައިފި -- ސަން ފައިލް ފޮޓޯ

ދިރާގުގެ ބޯޑު މެންބަރަކަށް ފިޝަރީޒް މިނިސްޓަރުގެ ނައިބު އަހުމަދު ހާފިޒް ހަމަޖައްސައިފިއެވެ.

ދިރާގުގެ ބޯޑަށް ހާފިޒް ހަމަޖައްސާފައިވަނި މިދިޔަ އަހަރުގެ އޮގަސްޓްމަހު ދިރާގުގެ ބޯޑުން އަހުމަދު މުހައްމަދު ވަކިކޮށް އެ މަގާމު ހުސްވެފައިވަނިކޮށެވެ.

ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ދިރާގުގެ ބޯޑުގައި، ޗެއާޕާސަނަކީ މުހައްމަދު އަޝްމަލީ އެވެ. ޑެޕިއުޓީ ޗެއާ ޕާސަންއަކީ އަބްދުއްރަހުމާން ޔޫސުފް ބިން ޔޫސުފް ފަހްރޯ އެވެ. އަދި ދިރާގުގެ މެނޭޖިން ޑައިރެކްޓަރަކީ އިސްމާއީލް ރަޝީދެވެ.

ގުޅޭ ޓެގު
comment ކޮމެންޓް