ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓްގެ ލަކީ ޑްރޯ ނެގުން މި ހުކުރު ދުވަހު

ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމަށް ގުރުއަތު ނެގުން އަންނަ ހުކުރު ދުވަހު ބާއްވަން އެ ކުންފުނިން ނިންމައިފިއެވެ.

ދިރާގުން ބުނީ، އެ ޚާއްސަ އިވެންޓް ހުކުރު ދުވަހު ބާއްވާނީ އާޓިފިޝަލް ބީޗުގައި، ހަވީރު 04:00ގައި ކަމަށެވެ.

އެ ކުންފުނިން ވަނީ، ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މި އިވެންޓް ކުރިއަށްދާނީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު އާއިލާއާއި ރައްޓެހިންނާއެކު ބައިވެރިވެވޭގޮތަށްކަން ފާހަގަކޮށްފައެވެ.

އެހެންކަމުން، އެ ޚާއްސަ އިވެންޓްގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ އެންމެން އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދުކޮށްލުމަކީ ދިރާގުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޕްރޮމޯޝަންގެ ދެ ވަނަ ނަސީބުވެރިއާއަށް ވެސް ދިރާގުން ދިނުމަށް ކަނޑައަޅައިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މި ހިތްގައިމު ސްޕީޑްބޯޓަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓެއް ކަމަށާއި، މި އުޅަނދުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓް ލިބޭނީ މިދިޔަ މާރިޗު މަހުގެ 31ގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން 30 ޖޫންގެ ނިޔަލަށް ލަކީ ޑްރޯގައި ބައިވެރިވެ، ޝަރުތު ހަމަވި ކަސްޓަމަރުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކޮށްގެން ބައިވެރިވި ކަސްޓަމަރުން
  • ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލް ދައްކައިގެން ބައިވެރިވި ކަސްޓަމަރުން
  • ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންގެ ތެރެއިން މި ޕްރޮމޯޝަނަށް އެންރޯލްކޮށްފައިވާ ކަސްޓަމަރުން

މީގެ އިތުރުން، ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް، މި އަގުހުރި އިނާމް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ފުރުސަތު ދިން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ މި ފަދަ ޚާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް