ދިރާގުން ދޭ ފަހު ސްޕީޑްބޯޓްގެ ލަކީ ޑްރޯ އިވެންޓްގައި ފޯރިގަދަ ހަރަކާތްތަކެއް

ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ދޭ ދެވަނަ ސްޕީޑްބޯޓް ލިބޭ ނަސީބުވެރިޔާ ހޮވުމަށް ގުރުއަތު ނެގުމަށް ހުކުރު ދުވަހު ބާއްވާ އިވެންޓުގައި ފޯރިގަދަ ހަރަކާތްތަކެއް ބާއްވާކަން އިއުލާންކޮށްފިއެވެ.

ދިރާގުން ބުނީ، އެ ޚާއްސަ އިވެންޓް ހުކުރު ދުވަހު ބާއްވާނީ އާޓިފިޝަލް ބީޗުގައި، ހަވީރު 04:00ގައި ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ އިވެންޓްގައި އެކަތި ބޮޑުބެރު ގްރޫޕާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލްސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ފެންނާނެއެވެ. އަދި، ކުޑަކުދިންނަށް ޚާއްސަ ގޭމްތައް ހިމަނައިގެން ކިޑް ޒޯނެއް ވެސް ދިރާގުން ވަނީ އެ އިވެންޓްގައި ހިމަނައިފައެވެ.

މީގެ އިތުރުން، މި އިވެންޓްގައި ބައިވެރިވާ ފުޑް ސްޓޯލްތަކުން ރަހަމީރު ކާބޯތަކެތި އަޖުމަ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. އެހެންކަމުން، މި އިވެންޓަކީ މި ހުކުރު ދުވަހު އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތައްކަން ދިރާގުން ފާހަގަކުރިއެވެ.

ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދެ ވަނަ ނަސީބުވެރިއާއަށް ވެސް ދިރާގުން ދިނުމަށް ކަނޑައަޅައިފައިވާ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ލިބިގެންދާނެއެވެ. މި ހިތްގައިމު ސްޕީޑްބޯޓަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓެކެވެ. އަދި، މި އުޅަނދުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ.

ދިރާގުން ދޭ ދެވަނަ ސްޕީޑްބޯޓް ލިބޭނީ މިދިޔަ މާރިޗު މަހުގެ 31ގެ ކުރިން މި ޕްރޮމޯޝަންގައި އެންރޯލްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން 30 ޖޫންގެ ނިޔަލަށް ލަކީ ޑްރޯގައި ބައިވެރިވެ، ޝަރުތު ހަމަވި ކަސްޓަމަރުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކޮށްގެން ބައިވެރިވި ކަސްޓަމަރުން
  • ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލް ދައްކައިގެން ބައިވެރިވި ކަސްޓަމަރުން
  • ދިރާގު ލިމިޓެއްނެތް ފައިބަ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންގެ ތެރެއިން މި ޕްރޮމޯޝަނަށް އެންރޯލްކޮށްފައިވާ ކަސްޓަމަރުން

މީގެ އިތުރުން، ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން ތިބި ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރި ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނަށް އެންރޯލްކޮށް، މި އަގުހުރި އިނާމް ހާސިލުކުރުމުގެ ފުރުސަތު އިތުރުކުރުމުގެ ފުރުސަތު ދިން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ މި ފަދަ ޚާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް