އެމެރިކަން އެކްސްޕްރެސްގެ ސީއީއޯ ފޭސްބުކަށް ގެންނަނީ

އެމެރިކަން އެކްސްޕްރެސްގެ ސީއީއޯ ކެންނެތް ޗޯލްޓް --

އެމެރިކަން އެކްސްޕްރެސްގެ ސީއީއޯ ކެނެތު ޗޯލްޓް ފޭސްބުކްގެ ބޯޑް މެންބަރެއްގެ ގޮތުގައި ހަމަޖައްސަން އުޅޭކަމަށް ފޭސްބުކުން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ކެން ވަނީ 16 އަހަރަށްފަހުގައި އެމެރިކަން އެކްސްޕްރެސްއިން އިސްތިއުފާދޭނެކަށް އިއުލާނު ކުރައްވާފައެވެ.

ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގްގެ ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ، ފޭސްބުކުން ކެން ގެނައުމަށް މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެކަމަށެވެ.

މާކް ޒުކަބާގް ވިދާޅުވީ، އޭނާ ގަބޫލު ކުރާގޮތުގައި ކެންއަކީ ތަފާތު ތަޖުރިބާތަކެއް ލިބިފައިވާ މީހެއްކަމަށާއި، ކަސްޓަމާ ސާވިސް އާއި ޑައިރެކްޓް ކޮމާސްގެ އިތުރުން އިތުބާރު ހުރި ބްރޭންޑެއް ބިނާކުރުމުގައި ދަސްކުރަންޖެހޭ ކަންތައްތަކަކާއި އިތުރަށް ތަރައްގީ ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރި ކަމަށެވެ.

މާކް އިތުރަށް ވިދާޅުވީ، ކެން އާއެކުގައި ފޭސްބުކްގެ ސްޓެޓްރެޖީގެ މަޝްވަރާތައް ކުރައްވާކަމަށެވެ. އަދި މިހާރުވެސް މި އަހަރަށް ނިންމަންހުރި ބޮޑެތި މައްސަލަތަކާބެހޭގޮތުން ކެންގެ ވަރަށްބޮޑު އެހީއެއް ލިބިފައިވާ ކަމަށްވެސް މާކް ވިދާޅުވިއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު އެމެރިކަން އެކްސްޕްރެސްގެ ސީއީއޯ އަކަށް ސްޓެފަން ޖޭ ކުއެރީ އިސްވެ ކެން އެމަގާމުން އިސްތިއުފާދެއްވަން ވަނީ ހަމަޖެހިފައެވެ. އަދި ފޭސްބުކްގެ ބޯޑު މެންބަރެއްގެ ގޮތުގައި އޭގެ ހަތަރު ދުވަސްފަހުން ކެން މަސައްކަތް ކުރަން ފައްޓަވާނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މާކް އާއެކުގައި ފޭސްބުކްގެ ބޯޑްމެންބަރުންގެ ގޮތުގައި އަށް މެންމަރުން މިހާރު ތިބެއެވެ. އޭގެ ތެރޭގައި ނެޓްފްލިކްސްގެ ސީއީއޯ އަދި ވަޓްސް އެޕްގެ ފައުންޑާގެ އިތުރުން ޕޭޕަލްގެ ފައުންޑާވެސް ހިމެނެއެވެ.

comment ކޮމެންޓް