'ސީކްރެޓް ސުޕަސްޓާ' ޗައިނާގައި ވެސް އެންމެ އުހުގައި

"ސީކްރެޓް ސުޕަސްޓާ" އަށް ޗައިނާއިން ވަނީ ދެ ދުވަހުގެ ތެރޭގައި 10.45 މިލިއަން ޑޮލަރު ހޯދާފައި--

އަދާވިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ ފިލްމު "ސީކްރެޓް ސުޕަސްޓާ" ޗައިނާގައި އެޅުވިތާ ދެވަނައަށް ވީ ދެވަނަ ދުވަހު އެ ފިލްމަށް 10.45 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިއްޖެއެވެ.

އިންޑިއާގައި އެ ފިލްމަށް ލިބުނު އާމްދަނީއަށް ވުރެ ގިނައިން ޗައިނާއިން އެ ފިލްމަށް ވަނީ ލިބިފައެވެ. ފިލްމުގެ ޓީމުން ބުނީ އާމިރުގެ ކުރީގެ ފިލްމު 'ދަންގަލް' އަށް ލިބުނު އާމްދަނީ އާ އަޅާ ބަލާއިރު ޗައިނާއިން ދެ ދުވަހު ތެރޭ ލިބުނު އާމްދަނީ ވަރަށް ބޮޑުތަން ވެސް އިތުރުކަމަށެވެ.

ފިލްމް "ޕީކޭ" އަދި "ދަންގަލް" ވެސް ޗައިނާގައި އަޅުވާފައިވާ އިރު ޗައިނާގައި އާމިރު ވަނީ މިހާރު ވަރަށް މަގްބޫލް ވެސް ވެފައެވެ.

ފިލްމް "ސުޕަސްޓާ"އިން ފެނިގެންދަނީ އިންޑިއާގެ ކުޑަ އަވަށަކަށް ނިސްބަތްވާ، ލަވަކިޔުންތެރި އަކަށް ވާން ބޭނުންވާ މުސްލިމް އަންހެން ކުއްޖެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މިންނެތް މަސައްކަތެވެ.

ލަވަކިޔުންތެރިއަކަށް ވުމަށް ކުރި ބުރަ މަސައްކަތް އެ ފިލްމުން ދައްކުވައިދެއެވެ. އަންހެން ކުއްޖާގެ މިއުޒިކީ ހުނަރު މުޅި ދުނިޔެއަށް އިއްވާލުމުގެ މަގްސަދުގައި އެ އަންހެން ކުއްޖާ މޫނު ބުރުގާ އަޅައިގެން ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލައިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދައެވެ. ފިލްމުގައި އަންހެން ފަންނާނުގެ ރޯލުން ފެންނާނީ ފިލްމް 'ދަންގަލް'އިން މަޝްހޫރުވެގެން ދިޔަ ޒާއިރާ އެވެ.

މަސްދަރު: ވެރައިޓީ

comment ކޮމެންޓް