ހާރިސް މަރާލި ކަމަށް ތުހުމަތުކުރާ މީހާއާ ދެކޮޅަށް 17 ސިއްރު ހެއްކެއް

ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ހާރިސް އަބްދުލް ޣަފޫރު ---

މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ގއ. ދާންދޫ ގޯލްޑްލީފް ހާރިސް އަބްދުލް ޣަފޫރު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މީހާއާ ދެކޮޅަށް ދައުލަތުން ސިއްރު 17 ހެއްކެއް ހުށަހަޅައިފިއެވެ.

ހުޅުމާލޭ ހާފްވޭ ހައުސް ސަރަހައްދުގައި ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީ ހާރިސް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް، ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީންއާ ދެކޮޅަށް ހެކިބަސް ދިނުމަށް ސިއްރު 17 މީހަކާއި 13 ކިތާބީ ހެއްކެއް ހުށަހަޅާފައެވެ. އަދި އެ ދައުވާއަށް ޔާމީން ވަނީ އިންކާރުކޮށްފައެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމަށް ފަސް ދުވަސް ފަހުން ބާއްވާނެ ކަމަށް މިއަދުގެ އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވިއެވެ.

comment ކޮމެންޓް