ރޮބާޓޯގެ ކޮންޓްރެކްޓް ފަސް އަހަރަށް އިތުރުކޮށް، ރިލީޒް ފީ 500 މިލިއަން ޔޫރޯއަށް

ބާސެލޯނާގެ ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ރޮބާޓޯ ވަނީ ބާސާއާއެކު ފަސް އަހަރު ދުވަހަށް އެއްބަސްވުން އާކޮށްފައި -- ފޮޓޯ: ގެޓީ

ބާސެލޯނާގެ މިޑްފީލްޑަރު ސާޖީ ރޮބާޓޯ އެ ކްލަބާ އެކު ވެފައިވާ އެއްބަސްވުން ފަސް އަހަރަށް އިތުރުކޮށް، އޭނާގެ ރިލީޒް ކްލޯސް 500 މިލިއަން ޔޫރޯއަށް ބޮޑުކޮށްފިއެވެ.

ސްޕެނިޝް ލީގު ތާވަލުގެ އެންމެ ކުރީގައި މިވަގުތުއޮތް ބާސާއިން، މިޑްފީލްޑަރު ރޮބާޓޯގެ އެއްބަސްވުން އާކޮށްފައި ވަނީ، 2022 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށެވެ. އަދި އެކަން ހާމަކޮށް ހުކުރު ދުވަހު ބާސާއިން ވަނީ އެ ކްލަބުގެ ވެބްސައިޓްގައި ބަޔާނެއް ނެރެފައެވެ.

ބާސާއިން ބުނީ، ސާޖިއޯ ރޮބާޓޯއާއެކު އެ ކްލަބުން ކޮންޓްރެކްޓް އާކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، އާ އެއްބަސްވުމާއެކު އެ ކުޅުންތެރިޔާ ކޭމްޕް ނޫގައި 30 ޖޫން 2022 އާ ހަމައަށް މަޑުކުރާނޭ ކަމަށެވެ. މީގެ އިތުރުން ރޮބާޓޯގެ ބައިއައުޓް ކްލޯސް 500 މިލިއަން ޔޫރޯއަށް ކަނޑައަޅާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އުމުރުން 25 އަހަރުގެ ސްޕެއިން މިޑްފީލްޑަރު، ރޮބާޓޯ ވަނީ މި ސީޒަންގައި ބާސާ ކުޅުނު 19 މެޗުގެ ތެރޭން 15 މެޗުގައި ކުޅެފައެވެ.

comment ކޮމެންޓް