މަސްވެރިޔަކު މެއަށް ތަދެއް އަރައިގެން މަރުވެއްޖެ

މެޔަށް ތަދެއް އަރައިގެން މަރުވި މަސްވެރިޔާ ދުއްވި ދޯނި ---ފޮޓޯ/ އެމްއެންޑީއެފް

މަސްވެރިޔަކު މަސްވެރިކަން ގޮސް އުޅެނިކޮށް މެއަށް ތަދެއް އަރައިގެން މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ، ހއ. އުލިގަމު އުތުރުން 70 ނޯޓިކަލް ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ނުޖޫމް 2" ނަމަކަށް ކިޔާ ދޯނީގެ 44 އަހަރުގެ ކެޕްޓަން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަހްމަދު އާޒިމް ވިދާޅުވީ، ހއ. އުލިގަމު އުތުރުން 70 ނޯޓިކަލް ބޭރުގައި މަސްވެރިކަން ކުރަން އުޅުން "ނުޖޫމް 2" ނަމަކަށް ކިޔާ ދޯނިގެ ކެޕްޓަންގެ މެޔަށް ތަދެއް އަރައިގެން މިއަދު ހެނދުނު 11:38 ގައި އެ މުއައްސަސާއަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ދޯނީގެ ކެޕްޓަން މިހާރު ވަނީ މަރުވެފައެވެ.

އާޒިމް ވިދާޅުވީ، މިއަދު އިރުއޮއްސި 6:30 ހާއިރު ސީއެމްބިއުލާސްގައި ހއ. ދިއްދޫއަށް ގެނެވިފައިވާ ކަމަށެވެ. އަދި މިވަގުތު އޮތީ ހޮސްޕިޓަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެެ.

comment ކޮމެންޓް