ގޭހުގެ އުނދަގޫ ދިމާވާ މީހުންނަށް ހާބަލް ޓީ

ގޭހުގެ އުނދަގޫ ދިމާވާ މީހުން އެކަމުން ސަލާމަތްވުމަށް އެތައް ބައިވަރު ކަންތައް އެކްސްޕެރިމެންޓް ކުރެ އެވެ. ގޭހުގެ އުނދަގުލާ އެކު ބަނޑުން "އަޑުކިޔުމަކީ" ބައެއްފަހަރު ކައިރީ ތިބޭ މީހުންނަށް ވެސް އެ އަޑު އިވޭ ކަމެކެވެ. މިކަންތަކުން ސަލާމަތްވުމަށް ބޭނުންކުރަން އެންމެ ރަނގަޅު އެކައްޗަކީ ހާބަލް ޓީ އެވެ.

ޖިންޖާ ޓީ: މާ ގިނައިން ކެވުމުން ބަނޑަށް އުނދަގޫވީ ނަމަވެސް، ގޭހުގެ ސަބަބުން ބަނޑަށް އުނދަގޫވާ ނަމަވެސް ޖިންޖާ ޓީ ނުވަތަ އިނގުރު ސައި ފޮދެއް ބޯލާށެވެ.

މިންޓް ޓީ: އިނގުރު ކަމުނުދާ މީހުންނަށް މިއޮތީ މިންޓް ސައިގެ އޮޕްޝަން އެވެ. މިވެސް ބަނޑަށް ރަނގަޅު އެއްޗެކެވެ. ޑައިޓްތަކުގައި އުޅޭ މީހުން ވެސް މިންޓް ޓީ ޖޯޑެއް ބޮއިލުން ރަނގަޅެވެ.

ދަވިއްގަނދު ސައި: ކުޑަކުދިން ބަނޑަށް އުނދަގޫވާތީ އުޅޭއިރު ދަވިއްގަނދު ފެންދޭ ހަނދާން ވޭދޯ އެވެ. ބޮޑެތި މީހުންނަށް ވެސް ދަވިއްގަނދު ފެން، ނޫނީ ފެނަލް މިއީ ބޭނުންކުރުން ރަނގަޅު އެއްޗެކެވެ. ހާއްސަކޮށް ބަނޑުގައި ގޭސް ހުންނަ މީހުންނާއި ބަނޑުގެ އެކި މައްސަލަތައް ހުންނަ މީހުންނެވެ. މާ ގިނައިން ކެވުމުގެ ސަބަބުން ބަނޑަށް އުނދަގޫވާ ނަމަވެސް ދަވިއްގަނދު ފެން ޖޯޑެއް ބޯށެވެ.

comment ކޮމެންޓް