ހަންގަނޑު ތާޒާކަން މަތީ ބަހައްޓާނީ ކިހިނެއް؟

ހަންގަނޑު ތާޒާކޮށް ބެހެއްޓުމަށް މޭވާ އާއި ތަރުކާރީ ކާން ޖެހޭ---

ހަންގަނޑަކީ ނާޒުކު އެއްޗަކަށް ވާއިރު ހަންގަނޑު ރީތިކޮށް ތާޒާ ކަން މަތީ އަބަދު ވެސް ބަހައްޓަން ޖެހެ އެވެ. ތިމާގެ އަމިއްލަ އިހުމާލުގެ ސަބަބުން ހަންގަނޑަށް ތަފާތު ބަލިތައް ޖެހޭއިރު އަމިއްލަ މަސައްކަތުން އެކަންތައްތައް ރަނގަޅު ކުރެވިދާނެ އެވެ.

ހަންގަނޑު ކުރަކި ވިޔަ ނުދީ ތާޒާކޮށް ބަހައްޓާނީ ކިހިނެއް؟

ހަންގަނޑަކީ ވަރަށް ފަސޭހައިން ކުރަކިވާ އެއްޗެކެވެ. އެކަމުން ސަލާމަތްކޮށް ހަންގަނޑު އަބަދު ވެސް ތާޒާ ކަން މަތީ ބެހެއްޓުމަށް ގިނައިން ފެންބޯށެވެ. ފެނަކީ އޭގެ ޒާތުގައި އިންސާނާގެ ހަށިގަނޑަށް ފައިދާ ކުރަނިވި އެއްޗެކެވެ. މަދުވެގެން ދުވާލަކު އަށް ތަށި ފެން ބުއިމަށް އާދަކުރާށެވެ. އެކަމުގެ ސަބަބުން ހަންގަނޑު އުޖާލާ ވެގެންދެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ގިނަ ގެއްލުންތަކެއް ލިބިދޭ ކަމެކެވެ. ހަންގަނޑު ކުރަކި ވުމުގެ އިތުރުން ހަންގަނޑު އުޖާލާކަން މަތިން ދުރުވެ އެވެ.

މޭވާ އާއި ތަރުކާރީ ކެއުން

ވިއްސާރަ ދުނި (ރެއިންބޯ)ގެ ކުލަތަކުގެ މޭވާ އަދި ތަރުކާރީ ކާން ޖެހެ އެވެ. ކެއުމުގައި ފެޓްސްގެ ބައި މަދުކޮށްލުމަށް ފަހު މޭވާ ނުވަތަ ތަރުކާރީ ބައި އިތުރު ކޮށްލާށެވެ.

އިރުގެ އަލިން ސަލާމަތްވުން

ބޭރަށް ނުކުންނަ އިރު ހަންގަނޑުގައި ކޮންމެ ވެސް ކަހަލަ ސަން ލޯޝަން ކަހަލަ އެއްޗެއް ބޭނުން ކުރުން މުހިއްމެވެ. އިރުން ފޮނުވާ ޔޫވީ ރޭތަކުގެ ސަބަބުން ހަންގަނޑު އަނދާ ކުރަކިވުން އެކަށީގެންވެ އެވެ.

ހަކުރު ހިމެނޭ ކާ އެއްޗެހި ކެއުން މަދުކުރުން

ހަކުރު ހިމެނޭ ކާ އެއްޗެހި ކެއުން މަދުކުރަން ޖެހެ އެވެ. މާ ގިނަ އަދަދަކަށް ހަކުރުގެ ބާވަތްތައް ބޭނުން ކުރުމުގެ ސަބަބުން ހަންގަނޑުގައި ރޫ ޖެހެން މެދުވެރިވެ އެވެ.

ނިދި ހަމަ ކުރުން

ނިންޖަކީ އެންމެ މުހިއްމު އެކައްޗެވެ. ދުވާލަކު މަދުވެގެން އަށް ގަޑި އިރުގެ ނިދި އިންސާނާ އަށް ބޭނުންވެ އެވެ. ގަޑި ހަމަކޮށް ނިދުމަކީ ހަންގަނޑުގައި ހުންނަ ހަލާކުވެފައި ހުންނަ ތަންތަން ރަނގަޅުކޮށްދޭ ކަމެކެވެ.

(އެމްބީޖީ ލައިފްސްޓައިލް)

comment ކޮމެންޓް