ސޯމާލިއާގެ ދިދަ ނަގާފައިހުރި މަސް ބޯޓެއް ސިފައިން އަތުލައިގެންފި

ސޯމާލިއާގެ ދިދަ ނަގާފައި ހުރި މަސް ބޯޓެއް ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން ސިފައިން އަތުލައިގެންފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުގައި ތައިލެންޑުގެ 10 ފަޅުވެރިން ތިބި ކަމަށާއި އެ ބޯޓަށް ކިޔަނީ "ޗޮޓްޕަޓައްނާ 55" ކަމަށެވެ. އަދި ބޯޓުގައި ސޯމާލިއާ ދިދަައެއް ނަގާފައި ހުރި އިރު ބޯޓުގައި 200 ޓަނު މަސް ހުރި ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ އެ ބޯޓު ފެނިފައިވަނީ 22:50 ހާއިރު ރާއްޖޭގެ ހާއްސަ ސަރަހައްދުން ތ. ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

comment ކޮމެންޓް