ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގޭގެ (މ. އެންދެރިމާގެ) ސެކިއުރިޓީ ވަރުގަދަކޮށް، އެމްއެންޑީއެފުން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަން ފަށައިފި އެވެ.
ރައީސް މައުމޫނުގެ އަރިސް ބޭފުޅަކު 'ސަން' އަށް ވިދާޅުވީ އެމަނިކުފާނަށް ހަމަލާދޭން ބަޔަކު މަސައްކަތް ކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށާއި ސެކިއުރިޓީ ވަރުގަދަ ކުރާ ކަމަށް ބުނެ އެމްއެންޑީއެފުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ސެކިއުރިޓީ ބަލަހައްޓަން ފެށުމާ އެކު އެގޭގައި ދިރިއުޅޭ މީހަކު ފިޔަވައި އިތުރު މީހަކު އެގެއަށް ވަންނަ ނަމަ ނަން ނޯޓް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް މައުމޫނުގެ ސެކިއުރިޓީ އެމްއެންޑީއެފުން ވަރުގަދަ ކޮށްފައިވާ އިރު އެމަނިކުފާނުގެ ސެކިއުރިޓީ މިދިޔަ މާޗު މަހު ދަށް ވެސް ކުރި އެވެ.
އެގޮތުން ރާއްޖޭން ބޭރަށް ރައީސް މައުމޫނު ކުރައްވާ ދަތުރުފުޅުތަކުގައި ސެކިއުރިޓީ ނުދޭން އެމްއެންއެންޑީއެފުން އޭރު ނިންމި އެވެ.