މަޑިފުށި ކައިރީ އޮތް ގިރިއަކަށް ސަފާރީއެއް އުރިއްޖެ

ތ. މަޑިފުށި ކައިރީ އޮތް ގިރިއަކަށް ސަފާރީ އުރިފައި -- ފޮޓޯ: ޕޮލިސް

ތ. މަޑިފުށި ކައިރީ އޮތް ގިރިއަކަށް ސަފާރީއެއް އުރިއްޖެ އެވެ.

ފުލުހުން ބުނީ ސަފާރީ ގިރިއަށް އެރި ހަބަރު ލިބުނީ ހެނދުނު 8:13ގައި ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސަފާރީގައި ތިބި މީހުން މިހާރު މަޑިފުއްޓަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މަޑިފުށި ކައިރީ އޮތް ގިރިއަކަށް އެރި އެ ސަފާރީ ފުންކުރުމުގެ މަސައްކަތް މަޑިފުށި ކައުންސިލާއި ރައްޔިތުން އަދި ފުލުހުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ސަފާރީއެއް ގިރިއަކަށް އަރާފައިވާ އިރު ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ އިރު މި ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް