ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ހުއްދަ އެމެރިކާ އިން އިސްރާއިލަށް ދީފި

އިރާނިއަން ސްޕެޝަލް ފޯސާސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ.އަވަހާރަކޮށްލުމުގެ ހުއްދަ އެމެރިކާއިން އިސްރާއިލަށް ވަނީ ދީފައި--

ތެލްއަވީވް (02 ޖެނުއަރީ) :އިރާނިއަން ސްޕެޝަލް ފޯސާސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ހުއްދަ އެމެރިކާ އިން އިސްރާއިލަށް ދީފިކަމަށް އިސްރާއިލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނެފި އެވެ.

ކުވެއިތުގެ އަލް ޖަދީދް ނިއުސް ގްރޫޕުން ލިބުނު މައުލޫމާތަކާ ހަވާލާދީ ހާރެޓްޒް އިން ބުނީ މީގެ ކުރިން ވެސް އިސްރާއިލުން ގާސިމް އަވަހާރަކޮށްލުމަށް މަސައްކަތްކުރި ކަަމަށާއި ނަމަވެސް އެމެރިކާ އިން އެ ޕްލޭން ފެއިލްކޮށްލި ކަމަށެވެ. ނަމަވެސް މިހާރު ގާސިމް އަވަހާރަކޮށްލުމަށް އެމެރިކާ އިން ހުއްދަ ދީފައިވާ ކަަމަށް ހާރެޓްޒް އިން ބުންޏެވެ.

ގާސިމް ސުލައިމާނީ އަކީ އިރާނުގެ ރިވޮލިޔުނުޝަނަރީ ގާޑްގެ ގުުދުސް ފޯސްގެ ލީޑަރެވެ. އޭނާ އަކީ ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވި އައިސިސް ފަދަ ގްރޫޕްތައް ނައްތާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅާ ވެސް މެ އެވެ.

އިރާނިއަން ސްޕެޝަލް ފޯސާސްގެ ކޮމާންޑަރު ގާސިމް ސުލަައިމާނީ ސީރިއާގައި ހަރަކާތްތެރިވަނީ. ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވި އައިސިސް ފަދަ ގްރޫޕްތައް ނައްތާލުމުގައި އެންމެ މުހިންމު ދައުރު ގާސިމް ވަނީ އަދާކުރައްވައިފައި--

ގާސިމްގެ ލީޑަރުކަމުގެ ދަށުން ހަރަކާތްތެރިވި އިރާގުގެ ހަޝްދު އަލް ޝާބީ ޕެރަމިލިޓަރީ ފޯސް އިން ވަނީ އައިއެސް އިން 2014 -2015 އާ ދެމެދު ދިން ވަރުގަދަ ހަމަލާތަކުގައި އިރާގުގެ ސަރުކާރު ވެއްޓުނަނުދީ ހިފަހައްޓައިފަ އެވެ.

ޓައިމް މެގަޒިން މިއަހަރު ހޮވި ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ވެސް ގާސިމް ވަނީ ހިމެނިފަ އެެވެ.

އިސްރާއިލުން ި ސީރިއާގައި ހަރަކާތްތެރިވާ ހައްދު ފަހަނަ އަޅައިފައިވާ ގްރޫޕްތަކަށް މަދަދުދޭ ކަމަށް އިރާނާއި ސީރިއާ އިން އަބަދު ވެސް ތުހުމަތު ކުރެ އެެެވެ. އިސްރާއިލުގެ ޑިފެންސް މިނިސްޓަރު މޮޝޭ ޔާލޮން މީގެ ކުރިން ވިދާޅުވީ، އިރާނުން ސީރިއާގައި ހަރަކާތްތެރި ވުމަށްވުރެ ހައްދު ފަހަނަ އަޅައިފައިވާ އިސްލާމީ ގްރޫޕްތައް ސީރިއާގައި ހަރަކާތްތެރިވާތަން ދެކެން ބޭނުންވާ ކަމަށެވެ.

މަސްދަރު : ހާރެޓްޒް

comment ކޮމެންޓް