އާ އަހަރަށް ކުރިމަތިލި އިރު ދެ ގަޑިއިރަށް ވަޓްސްއެޕް ޑައުންވުމުން މައާފަށް އެދެފި

ގިނަ އަދަދެއްގެ ބަޔަކު އާ އަހަރުގެ ތަހުނިޔާ ފޮނުވަމުން ދިޔަ ވަގުތެއްގައި މަޝްހޫރު މެސެޖިން އެޕްލިކޭޝަން ވަޓްސް އެޕް ޑައުންވުމުން އެ އެޕްލިކޭޝަނުން މައާފަށް އެދިއްޖެއެވެ.

ރޭ އިރާކޮޅުގެ ފަހުން ވަޓްސް އެޕް އިން މެސެޖް ފޮނުވުމުގައި ދަތިތައް ކުރިމަތިވި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ރިޕޯޓުކޮށްފައެވެ. އެ ކަމާގުޅިގެން ވަޓްސް އެޕް އިން ވަނީ ޔޫޒަރުންގެ ކިބައިން މައާފަށް އެދިފައެވެ.

އެގޮތުން އިންޑިއާ ސްރީލަންކާ އަދި ޔޫކޭ އާއި ސްޕެއިން ފަދަ ގައުމުތަކުގައިވެސް ވަޓްސް އެޕް އިން މެސެޖް ފޮނުވުމުގައި ވަނީ ދަތިތައް ކުރިމަތިވެފައެވެ.

މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކާ ޚިލާފަށް ވަޓްސް އެޕަކީ އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ޕޭޖެއް މެނޭޖުކުރާ އެޕްލިކޭޝަންއެއް ނޫނެވެ. އެހެންކަމުން ޓެކްނިކަލް މައްސަލައެއް ދިމާވި ނަމަވެސް އެޕްލިކޭޝަން ބޭނުން ކުރާ މީހުންނަށް އެކަމާ ގުޅޭ މައުލޫމާތު ލިބޭގޮތެއް ނުވެއެވެ. ވަޓްސް އެޕްގެ ޓްވިޓާ ޕޭޖެއް ގާއިމްކޮށްފައިވާ ނަމަވެސް އެ ޕޭޖުންވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ޔޫޒަރުންނަށް މައުލޫމާތު ފޯރުކޮށެއް ނުދެއެވެ.

comment ކޮމެންޓް