ވަޓްސްއެޕާ ވާދަކުރުމަށް ޓެލެގްރާމްސް އިން ވިޔަފާރިއާ ގުޅޭ އާ ފީޗާތަކެއް

ޓެލެގްރާމް -- ފޮޓޯ: ގެޓީއިމޭޖްސް

ވަޓްސްއެޕާ އެއްގޮތަށް ޓެލެގްރާމުން ވެސް އެ ކުންފުނީގެ ޕްލެޓްފޯމް މެދުވެރިކޮށް ސީދާ ކަސްޓަމަރުންނާ ގުޅުން ބަދަހިކޮށް މުއާމަލާތް ކުރެވޭނެ ގޮތަށް ވިޔަފާރިތަކަށް ތައްޔާރުކޮށްފައިވާ އާ ފީޗާތަކުގެ ސުއިޓެއް ތައާރަފްކޮށްފިއެވެ.

މި އަޕްޑޭޓާއެކު ޓެލެގްރާމް ބޭނުންކުރާ ކޮންމެ ފަރާތަކަށްވެސް މިހާރު އެމީހެއްގެ އެކައުންޓް ޑެޑިކޭޓެޑް ބިޒްނަސް އެކައުންޓަކަށް ބަދަލުކުރެވޭނެއެވެ. މީގެ ސަބަބުން ޕްރޮފައިލްގައި ޑިސްޕްލޭކުރާ އޮޕަރޭޓިން ގަޑިތަކާއި، ޕިންކޮށްފައިވާ ލޮކޭޝަން މެޕްތަކާއި، ވާހަކަ ފެށުމުގެ ކުރިން ބްލަންކް ޗެޓް ސްކްރީންތަކުގައި ޕްރޮޑަކްޓް/ސަރވިސްގެ މައުލޫމާތު ދައްކާލުމުގެ ޤާބިލުކަން ފަދަ ވަސީލަތްތައް އަންލޮކްކޮށްދެއެވެ.

މީގެ އިތުރުން ވިޔަފާރިތަކުން އޮޓޯ-ސެންޑް ކުރާ ޕްރީސެޓް ގްރީޓިން/އަވޭ މެސެޖްތަކުގެ އިތުރުން އާންމު ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން ސްޓްރީމްލައިން ކުރުމަށް ކުއިކް ރިޕްލައި ޓެމްޕްލެޓްތައް ވެސް ސޭވް ކުރެވޭނެއެވެ.

މި އެޕްލިކޭޝަންގެ ބޮޓް ކެޕޭސިޓީގެ ސަބަބުން ވިޔަފާރިތަކަށް ކަސްޓަމަރުންގެ ބައެއް މުއާމަލާތްތައް އޮޓޮމޭޓް ކުރުމުގެ ފުރުސަތު ލިބޭ އިރު، ބޭނުންވެއްޖެ ހިނދެއްގައި ހިއުމަން ރެޕްސް އަށް ޗެޓްތައް ބަދަލުކޮށްލެވޭނެއެވެ.

ޓެލެގްރާމްގެ ބައެއް އާފީޗާތައް --

"އަޅުގަނޑުމެންގެ އާ ވިޔަފާރީގެ ވަސީލަތްތަކުގެ ސަބަބުން ޓެލެގްރާމްގެ ރައްކާތެރި މެސެޖިން މާހައުލުން ކުންފުނިތަކަށާއި، ކަސްޓަމަރުންނަށް ފަސޭހަ ގޮތްތަކެއް ލިބިގެންދާނެ،" ޓެލެގްރާމްގެ ތަރުޖަމާނު ރެމީ ވޮން ވިދާޅުވިއެވެ.

މި ފީޗާތަކުގެ ސަބަބުން ޓެލެގްރާމް ވަނީ 2018 ވަނަ އަހަރު ތައާރަފްކުރި ވަޓްސްއެޕްގެ އަމިއްލަ ބިޒްނަސް ފޯކަސް އޮފާއާ މިހާރު ދާދި އެއްގޮތްވެފައެވެ.

ޓެލެގްރާމަކީ އެހާ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއްޗެއް ނޫން ނަމަވެސް، އާ ވަސީލަތްތަކުގެ ސަބަބުން ކަސްޓަމަރުންގެ މުވާސަލާތީ ޗެނަލްތައް ޑައިވާސިފައި ކުރަން ބޭނުންވާ ވިޔަފާރިތަކަށް މިއީ ފަހި ފުރުޞަތަކަށް ވެގެންދާނެއެވެ.

ވިޔަފާރީގެ ފީޗާތައް މޮނިޓައިޒް ކުރުމަށް އެންމެ ފުރަތަމަ އެކްސެސް ލިބޭނީ ހަމައެކަނި ޓެލެގްރާމް ޕްރިމިއަމް ސަބްސްކްރައިބަރުންނަށް (މަހަކު ފަސް ޑޮލަރަށް) އެކަންޏެވެ. ނަމަވެސް އެ ކުންފުނިން އަންނަނީ ޗެނަލްތަކުން ލިބޭ ހުރިހާ އިޝްތިހާރެއްގެ އާމްދަނީގެ 50 ޕަސެންޓް 1،000 އަށް ވުރެ ގިނަ ސަބްސްކްރައިބަރުންނާ ހިއްސާ ކުރުމަށް ހުށަހަޅައިގެން ކްރިއޭޓަރުންނަށް ހިތްވަރު ދެމުންނެވެ.

ޓެލެގްރާމްގެ ބާނީ ޕަވެލް ޑުރޯވް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައި މިވަނީ 2024 ވަނަ އަހަރުގެ ތެރޭގައި ޓެލެގްރާމަށް ފައިދާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އައިޕީއޯއެއް ނުވަތަ އިނިޝިއަލް ޕަބްލިކް އޮފަރިންއެއް ހަމަޖައްސައި ސްޓޮކް އެކްސްޗޭންޖަކުން ޕަބްލިކް ޓްރޭޑިންއަށް ސްޓޮކް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ ކަންކޮޅުގައި މިހާރުވެސް 700 މިލިއަނަށްވުރެ ގިނަ މީހުން ޓެލެގްރާމް ބޭނުން ކުރަމުން ދެއެވެ.

comment ކޮމެންޓް