ހުވަދު އަތޮޅުން ފެށިގެން ދެކުނަށް ޔެލޯ އެލާޓް ނެރެފި

ދެކުނަށް ކުރަމުންދާ ވިއްސާރާގައި ގއ. ވިލިނގިލީގައި ފެންބޮޑުވެފައި---

ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ އެ ސަރަހައްދަށް މިރޭ 10:20 އިން ފެށިގެން މިރޭ ދަންވަރު 01:20 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ވިއްސާރަ ވާނެ ކަމަށް ލަފާކޮށް ކަމަށެވެ. ނަމަވެސް އެ ސަރަހައްދަށް ވައި މަޑު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ދެކުނުގެ ތިން އަތޮޅަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައިވާއިރު، ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް މިރޭ 8:00 އިން ފެށިގެން މާދަމާ ރެއާ ހަމައަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

comment ކޮމެންޓް