އާ އަހަރުގެ ޝޯ އަށް މީކާ ސިންގް ރާއްޖެ އަތުވެއްޖެ

މީކާ ސިންގް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގައި --- ސަން ފޮޓޯ

މާދަމާރޭ ކާނިވާ ސަރަހައްދުގައި އޮންނަ އާ އަހަރުގެ ޝޯގައި ޕާފޯމް ކުރުމަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް ރާއްކެ އަތުވެއްޖެ އެވެ.

މީކާ ސިންގް އެއާޕޯޓުގެ ވީއައިޕީ ލައުންޖް ގައި --- ސަން ފޮޓޯ

އޭނާ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު އެވެ. މީކާ ސިންގްގެ އިތުރުން ލަވަކިޔުންތެރިޔާ ރާހަތް ފަތޭ އަލީ ޚާން ވެސް އާ އަހަރުގެ ޝޯގައި ލަވަކިޔާނެ އެވެ.

މީކާ ސިންގް އެއާޕޯޓު ފާލަން ކައިރީ --- ސަން ފޮޓޯ

އެއާޕޯޓުގެ ވީއައިޕީ ލައުންޖްގައި ހުރެ މީކާ ސިންގް ބުނީ މާދަމާ ރޭ އޮންނަ ޝޯ ވަރަށް ފުރިހަމަ ވާނެ ކަމަށާއި ހުރިހާ އެންމެން ވެސް ޝޯ އަށް ދާން ވާނެ ކަމަށެވެ.

"ޝޯ ވަރަށް ފޯރިގަދަ ވާނެ. ޖުރިހާ އެންމެންވެސް ދާންވާނެ،" ޝޯ އަށް ދައުވަތު ދެމުން މީކާ ދިވެހިންނަށް ބުންޏެވެ.

މިފަހަރުގެ އާ އަހަރުގެ ޝޯ އިންތިޒާމު ކުރަނީ އެމްއައިޓީޑީސީ އާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ނެވެ. ޝޯގައި އިތުރު ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް