ޑިފެންސް މިނިސްޓަރާއި އިންޑިއާ ސަފީރު ބައްދަލުކުރައްވައިފި

އިންޑިއާ ސަފީރު ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވުން ----

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާ ބައްދަލު ކުރައްވައިފި އެވެ.

ރޭ އަކިލޭޝް ކުރެއްވި ޓްވީޓެއްގައި ޑިފެންސް މިނިސްޓަރާ ބައްދަލުކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ ހިމަނާފަ އެވެ. އެ ޓްވީޓުގައި އަކިލޭޝް ވިދާޅުވީ ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވުމުން ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. އެ ބައްދަލުކުރެއްވުން އޮތީ ޑިފެންސް މިނިސްޓްރީގައެވެ.

އިންޑިއާ ސަފީރުގެ ޓްވީޓް ނިންމާލާފައިވަނީ ދިވެހި ބަހުން ލިޔެފައިވާ "ވަރަށް ބޮޑަށް ޝުކުރިއްޔާ މަނިކުފާނު،" މި ޖުމްލައިންނެވެ.

ޑިފެންސް މިނިސްޓަރާއި އިންޑިއާ ސަފީރު ބައްދަލުކުރެއްވި ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ހާމަކޮށްފައެއްނުވެ އެވެ.

އިންޑިއާ ސަފީރު ރާއްޖޭގެ މިނިސްޓަރަކާ ބައްދަލުކުރައްވާފައި މިވަނީ، އިންޑިއާއާއި ރާއްޖެއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް އަޑުފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.

comment ކޮމެންޓް