އާސެންލްގެ ކޯޗު އަސެން ވެންގާ އަށް ހާއްސް ވެގެންދިޔަ މެޗުން އާސެނަލް މޮޅުވެއްޖެއެވެ.
ރޭގެ މެޗަކީ ވެންގާ ޕްރިމިއަ ލީގުގައި އިރުޝާދު ދިން 810 ވަނަ މެޗެވެ. މިއާއެކު ވެންގާ މިހާރު ވަނީ ޕްރިމިއަރ ލީގުގެ އެންމެ ގިނަ މެޗުތަކުގައި އިރުޝާދު ދީގެން މެންޗެސްޓަ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސަރ އެލެކްސް ފާގަސަންގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.
ރޭ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅާއެކު ވެސް 37 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގުގެ ހަވަނައިގައެވެ. ރޭގެ މެޗުން ބަލިވި ޕެލެސް އޮތީ 18 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ.
ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގައި މެޗުގެ 25 ވަނަ މިނެޓްގައި އާސެނަލް ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އާސެނަލް އަށް ކާމިޔާބުކޮށްދިނީ ސްކޮރްދާން މުސްތާފީއެވެ.
އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ވިލްފްރައިޑް ޒަހާ ދިން ޕާހަކުން އެންޑްރޯސް ޓައުންސެންޑް ވަނީ ޕެލެސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ސަންޗޭޒް ވަނީ އާސެނަލް އަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ.
އޭގެ ހަތަރު މިނެޓްފަހުން ވިލްޝެއާ ދިން ޕާހަކުން އާސެނަލްގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ސަންޗޭޒްއެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖޭމްސް ޓޮމްކިންސް ވަނީ ޕެލެސްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.