ހުޅުމާލެ ސެންޓްރޯ މޯލްގެ ފުރަަތަމަ އިޔާ އެންޑް ސޭލް މިމަހު 28ގައި

ހުޅުމާލޭގައި ހަދާފައިވާ ސެންޓްރޯ މޯލް -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި ހިންގަމުންދާ ސެންޓްރޯ މޯލްގައި ފުރަތަމަ ފަހަރަށް އަހަރުނިމޭ ސޭލް ކުރިއަށްގެންދަން ނިންމައިފިއެވެ.

އެޗްޑީސީގެ އެހީތެރިކަމާއެކު އިވެންޓް އޯގަނައިޒަރެއް ކަމަށްވާ ޕްލޭޑޭ ވާލްޑުން ކުރިއަށްގެންދާ އެ ސޭލް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގައެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕްލޭޑޭ ވާލްޑްގެ ސީއީއޯ އަލީ ހަމީދު ވިދާޅުވީ، ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ސެންޓްރޯ މޯލްގައި އެ ސޭލް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ސޭލްގައި އެތަނުގައި ހިންގަމުންދާ ހުރިހާ ފިހާރަޔަކާއި ރެސްޓޯރެންޓަކުންވެސް 10 ޕަސެންޓާއި 50 ޕަސެންޓާއި ދެމެދުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ، އެ ސޭލް ކުރިއަށްދާއިރު ކޮންމެ ފިހާރަކައަކުންވެސް ތަފާތު އިނާމް ލިބޭ ދުވަހުގެ ލަކީޑްރޯ އެއް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ކޮންމެ ރެއަކުވެސް އެ ލަކީޑްރޯގެ ނަސީބުވެރިޔަކު ހޮވައި އިނާމް ހަވާލުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވުއެވެ.

ކޮންމެ ދުވަހަކު ނަގާ ލަކީޑްރޯގެ އިތުރުން ސޭލް ނިންމުމަށްފަހު ގްރޭންޑް ޕްރައިޒްގެ ނަމުގައި އަގުހުރި ބޮޑު އިނާމެއްވެސް އެ ސޭލްގައި ބައިވެރިވާ ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.

ހުޅުމާލޭގެ ސެންޓްރޯ މޯލްގައި ތަފާތު ވިޔަފާރި ކުރާ ގާތްގަނޑަކަށް 25 ފިހާރަ ހިންގަމުންދެއެވެ. އަދި އެ ސޭލް ކުރިއަށްދާއިރު ކޮންމެ ރެއަކުވެސް އެކި ފަރާތްތަކުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންދާނެ ކަމަށް ޕްލޭޑޭ ވާލްޑުން މައުލޫމާތުދެއެވެ.

comment ކޮމެންޓް