ދުނިޔޭގައި އިސްލާމިކް ފައިނޭންސް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
ފައިނޭންސް ދާއިރާގެ މުހިންމު މަޢުލޫމާތުތައް ގެނެސްދޭ ތޮމްސަން ރޮއިޓަރސްއިން ނެރުނު އިސްލާމިކް ފައިނޭންސް ޑިވޮލޮޕްމަންޓް ރިޕޯޓް 2017ގައި ހާމަކޮށްފައިވާގޮތުން މިދިޔަ އަހަރު އިސްލާމިކް ބޭންކިން އެންމެ ބާރަށް ކުރިއަރާފައިވާ ތިން ޤައުމުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ. ރާއްޖެއާއެކު އެ ބައިގައި ދެން ހިމެނެނީ އޮމާނާއި ފަލަސްތީނެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކު ތިނަދޫ ބްރާންޗު -- ސަން ފޮޓޯ/މާހިލް މުހައްމަދު
ރާއްޖެވަނީ އަދަރ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޓް ތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ތިން ޤައުމުގެ ތެރޭގައިވެސް ހިމެނިފައެވެ.
މީގެ އިތުރުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖެ ހިމެނިފައިވާ ބައިތައް:
- އިސްލާމިކް ފައިނޭންސް ޑިވެލޮޕްމެންޓް އިންޑިކޭޓާޒްގެ އެންމެ ކުރީގައި އުޅޭ 15 ޤައުމުގެ ތެރެއިން 12 ވަނަ.
- އަދަރ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޓް ތަކުގެ ސަބް ކެޓަގަރީން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޤައުމު ތަކުގެތެރެއިން 4 ވަނަ.
- އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ތަޢުލީމު ފުޅާކުރުމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމުތަކުގެ ތެރެއިން 8 ވަނަ.
- އިސްލާމިކް ފައިނޭންސް ގަވަރނެންސްގެ އެންމެ ކުރީގައި އުޅޭ ގައުމު ތަކުގެ 10 ވަނަ.
- އިސްލާމިކް ފައިނޭންސް ދާއިރާގެ ކޯޕަރޭޓް ގަވާނެންސްގެ 8 ވަނަ.
- އިސްލާމިކް ފައިނޭންސް ގެ ސީއެސް އާރު ހަރަކާތްތަކުގެ 9 ވަނަ

ހުޅުމާލޭގެ ސެންޓްރޯ މޯލްގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބްރާންޗެއް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފްރޭމްޑް ޑޮޓް އެމްވީ ފޭސްބުކް ފޭޖު
އިސްލާމިކް ފައިނޭންސް ޑިވެލޮޕްމަންޓް ރިޕޯޓަކީ ތޮމްސަން ރޮއިޓަރސް އާއި އައިސީޑީ ގުޅިގެން އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓެކެވެ. މިއީ މިގޮތުން ނެރެވުނު އިސްލާމިކް ފައިނޭންސް ޑިވޮލޮޕްމަންޓްް އިންޑެކްސްގެ 5 ވަނަ ރިޕޯޓެވެ.