ކުންފުންޏަކުން ޓީޖީއެސްޓީގެ ގޮތުގައި 98000 ޑޮލަރު ދައްކަން ހުކުމް ކޮށްފި

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޓޫރިޒަމްގެ ދާއިރާގެ މުދަލާއި ހިދުމަތުން ނެގޭ ޓެކްސްގެ ގޮތުގައި 98،492.18 ޑޮލަރު މީރާއަށް ދެއްކުމަށް ޓީއެލްއެމް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، އެ ފައިސާއަކީ ޓީއެލްއެމް އިން ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ފައިސާ ކަމަށެވެ. އެހެން ކަމުން ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ މިންވަރާއި ޓެކްސް ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 43000 ރުފިޔާއާ ހުކުމް ކުރި ތާރީހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާ ކަމަށެވެ.

ޓީއެލްއެމް ކުންފުނިން ދައްކަން ޖެހޭ ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި ޖުމްލަ، 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.

ސިވިލް ކޯޓުން އެ ހުކުމްކޮށްފައި ވަނީ ޓީއެލްއެމް ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.

comment ކޮމެންޓް