ރާއްޖޭގެ އެކި ހިސާބަށް މިއަދު ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް

މޫސުން ގޯސްވުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

ދެކުނާއި އުތުރުގެ ބައެއް ރަށްރަށަށް މިއަދު ދަނީ ވައި ގަދަވެ ބޯކޮށް ވާރޭވެހެމުންނެވެ.

މެޓް އޮފީހުން ބުނީ މިއަދާ މާދަމާވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ މިދުވަސްކޮޅު ރާއްޖެއަށް ވިއްސާރަ ކުރަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ކަފެއްގެ ސަބަބުން ކަމަށެވެ.

މިއަދުގެ މޫސުން

  • ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ އަދި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ
  • އިރުއުތުރާއި އިރުން މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ
  • އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާގަޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް މެދުތެރޭ އަތޮޅުތަކަށް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

ވިލާގަޑުގައި ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.

comment ކޮމެންޓް