އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުދޭ ޖަނަރޭޓަރެއްގެ މަސައްކަތް ކުރުމަށް މާދަމާ އެ ރަށްތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ފެނަކަ ކޯޕަރެޝަނުން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދެމުންދާ ސެންޓްރަލް ޕަވާ ސްޓޭޝަނުގައި އަލަށް ބެހެއްޓި ދެ މެގަ ވޯޓުގެ ދެ ޖަނަރޭޓަރުން ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތެއް ކުރުމަށް މާދަމާ ހެނދުނު 10 އިން މެންދުރު 13:00 އާ ދެމެދު އެ ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
ކަރަންޓު ކަނޑާލަނީ ޖަނަރޭޓަރުގެ މެއިން ޕެނަލަށް ގުޅަންޖެހޭ ކޭބަލް ގުޅުމަށް ކަމަށްވެސް އެ ކޯޕަރެޝަނުން ބުނެއެވެ.