ހާރިސް މަރާލިކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ހާރިސް އަބްދުލް ޣަފޫރު

މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ގއ. ދާންދޫ ގޯލްޑްލީފް ހާރިސް އަބްދުލް ޣަފޫރު މަރާލި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ހާރިސް މަރަލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލައް، ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ.

ހާރިސް މަރާލާފައި ވަނީ ހުޅުމާލޭ ހާފްވޭ ހައުސް ކައިރީ ހުއްޓައެވެ. އޭނާ އަކީ އެތަނުން ރިހެބިލިޓޭޝަން ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

ހުޅުމާލޭ ހާފްވޭ ހައުސް: ހާރިސް މަރާލާފައި ވަނީ މިތަނުގެ ކައިރިން ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ހާރިސްގެ ގައިގެ އަށްތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާރިސް ވަނީ މަރުވެފައެވެ.

comment ކޮމެންޓް