ދިރާގު ރޯޑް ރޭހުން ލިބުނު ފައިސާ 9 ޖަމިއްޔާއަކަށް ހަދިޔާކޮށްފި

މި އަހަރުގެ ދިރާގު ރޯޑު ރޭހުގައި ބައިވެރިވި ޖަމިއްޔާތަކަށް ފައިސާ ހަވާލު ކުރަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ބާއްވަމުންދާ އެންމެ ބޮޑު އަދި ބައިނަލްއަގުވާމީ ގޮތުން އެކްރެޑިޓް ކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓް "ދިރާގު މޯލްޑިވްސް ރޯޑް ރޭސް"ގައި މި އަހަރު ޗެރިޓީގެ ގޮތުގައި ލިބުނު ފައިސާ، އިންސާނިއްޔަތަށް އެހީވާ ނުވަ ޖަމިއްޔާއަކަށް ހަދިޔާ ކޮށްފިއެވެ.

މި އަހަރުގެ ދިރާގު ރޯޑު ރޭހުގައި ނުވަ އެންޖީއޯ އަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ދުވުންތެރިންގެ ތެރޭގައި އެންމެ މަގުބޫލު ފަސް ޖަމިއްޔާއަށް ދިރާގުން ވަނީ ދެ ލައްކަ ރުފިޔާ ހަމަހަމަ ކޮށް ބަހާލާފައެވެ. އެ ފަސް ޖަމިއްޔާ އަކީ ޓައިނީ ހާޓްސް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ފިޒިކަލް ޑިސްއޭބަލްޑް (އެމްއޭޕީޑީ)، އޯޓިޒަން އެސޯސިއޭޝަން، ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް، އަދި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރެން (އާކު) އެވެ. މިއިން ކޮންމެ ޖަމިއްޔާ އަކަށް ލިބޭ 58،890 ރުފިޔާ ހަވާލު ކޮށްދެއްވީ ދިރާގުގެ ޑައިރެކްޓާ ކަސްޓަމާ ސާވިސަސް އެންޑް ސޭލްސް އަލީ ރިޔާޒުއެވެ.

މި އަހަރުގެ ދިރާގު ރޯޑު ރޭހުގައި ބައިވެރިވި ޖަމިއްޔާތަކަށް ފައިސާ ހަވާލު ކުރަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޯޑު ރޭހުގައި ޓީޝާޓު ވިއްކައިގެން ލިބުނު ފައިސާ ދެން ހުރި ހަތަރު ޖަމިއްޔާއާ ހަވާލު ކޮށްދެއްވީ ދިރާގުގެ ޗީޕް މާކެޓިން އޮފިސަރު އިޒަބެލް ހަޖްރީ އެވެ. ޓީޝާޓު ވިއްކައިގެން ލިބުނު ފައިސާ ބަހާލެވުނު ޖަމިއްޔާތަކަކީ ބިއުޓިފުލް އައިސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އަދި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އެވެ. މިއިން ކޮންމެ ޖަމިއްޔާ އަކަށް 16،890 ރުފިޔާ ވަނީ ހަވާލު ކޮށްފައެވެ.

މި އަހަރުގެ ދިރާގު ރޯޑު ރޭހުގައި ބައިވެރިވި ޖަމިއްޔާތަކަށް ފައިސާ ހަވާލު ކުރަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީނިއާ ބްރޭންޑް އެންޑް މާކެޓިންގ ކޮމިޔުނިކޭޝަން މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ، ރޯޑު ރޭހަކީ ހަމައެކަނި ދުވާ އިވެންޓެއް ނޫން ކަމަށާއި އެއީ ތަފާތު ގިނަ ބަޔަކަށް ތަފާތު ގިނަ ތަޖުރިބާތަކެއް ކުރެވޭ ޕްލެޓްފޯމެއް ކަމަށެވެ.

ދިރާގުގެ ސީނިއާ ބްރޭންޑް އެންޑް މާކެޓިންގ ކޮމިޔުނިކޭޝަން މެނޭޖަރ މުހައްމަދު މިރުޝާން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ރޯޑު ރޭހުގައި ބައިވެރިވާ ޖަމިއްޔާތަކަށް އެ މީހުންގެ ޖަމިއްޔާތައް ޕްރޮމޯޓްކޮށް ހޭލުންތެރި ކުރުމުގެ ފުރުސަތު ލިބިދޭ، މިހާރު ރަން ފޯ ޗެރިޓީ އަކީ ވަރަށް ބޭނުންތެރި ކަމެއް. އޭގެ ސަބަބުން އެތައް ބަޔަކަށް ގިނަ ފައިދާތަކެއް މިދަނީ ކުރަމުން. ރޯޑް ރޭހަކީ ރަން ފޯ ޗެރިޓީ އާންމުންގެ ތެރެއަށް ތައާރަފުކޮށްދިން އިވެންޓު،" މިރުޝާން ވިދާޅުވިއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ގިނަ ބަޔަކު ޝައުގުވެރިވާ، ދުރާލައި އިންތިޒާރުކުރާ އެއް އިވެންޓެވެ. ދުޅަހެޔޮ ކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާކޮށްދޭ ގޮތަށް، ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ.

comment ކޮމެންޓް