ގެއްލިގެން ހޯދާ އަގުބޮޑު ގުރައެއް، ހޯދައިދޭ ފަރާތަކަށް ހަދިޔާއެއް!

މި ސްކާލެޓް މަކާވް ވަނީ ގެއްލިފައި. ވެރިފަރާތުން ބުނަނީ ހޯދައިދިން ފަރާތަކަށް ޚާއްސަ ހަދިޔާއެއް ދޭނޭކަމަށް -- ސަން ފޮޓޯ

ފޮޓޯގައި އެވާ، ސްކާލެޓް މަކާވްއަކީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ގެއްލިފައިވާ ގުރައެކެވެ. މި ގުރާގެ ވެރިފަރާތުން ބުނީ، އޭތި ގެއްލިފައި ވަނީ، މިއަދު މެންދުރު ފަހު 15:15 ކަންހާއިރު، މާލޭ، މާފަންނު ސްޓޭޑިއަމް ސަރަހަދުން ކަމަށެވެ. އަދި މި ގުރާ ހޯދައިދޭ ފަރާތަކަށް ހަދިޔާއެއް ދޭނޭކަމަށް ވެރިފަރާތުން ބުނެއެވެ.

"އަޅުގަނޑުމެން މިއަދު މެންދުރު ފަހު، ސްޓޭޑިއަމް ސަރަހައްދުގައި އޭތި ގެންގުޅެނިކޮށް ގެއްލުނީ. އާންމުކޮށް އޭތި ދޫކޮށްލިއަސް އެނބުރި އަންނާނެ،" ވެރިފަރާތުން ބުންޏެވެ.

މި ސްކާލެޓް މަކާވް ވަނީ ގެއްލިފައި. ވެރިފަރާތުން ބުނަނީ ހޯދައިދިން ފަރާތަކަށް ޚާއްސަ ހަދިޔާއެއް ދޭނޭކަމަށް -- ސަން ފޮޓޯ

"މި ގުރައާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އަޅުގަނޑުމެންނަށް އަންގާލަދެއްވުން އެދެން. ރަނގަޅު ހަދިޔާއެއްވެސް ދޭނަން."

ބޮލުން ފެށިގެން ބުރަކަށްޓާ ހަމައަށް، ރަތްކުލަ، އޭގެ ތިރިން ރީނދޫ ކުލަ، އަދި ފިޔަގަނޑުގެ ކޮޅާއި ފިނދުފަތްގަނޑުގައި ގަދަ ނޫކުލަ ހުންނަ މި ގުރާގެ ދެ ފައިގައި ސިލްވަރ ރިންގު އަޅުވާފައި ހުންނާނޭ ކަމަށް ވެރިފަރާތުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި މި ވައްތަރުގެ ސްކާލެޓް މަކާވްއަކީ ރާއްޖޭގައި އާންމުކޮށް ގެންގުޅޭ ބާވަތެއް ނޫނެވެ. މާލޭގައި ވެސް ގެންގުޅޭ ކަމަށްވަނީ މީގެ އެންމެ ތިން ސްކާލެޓް މަކާވްއެވެ.

ވެރިފަރާތުން ބުނީ، މި ގުރައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ނަމަ، ‎7774216 ނަންބަރު ނުވަތަ، ‎7998859 ގުޅުއްވުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް