ގުއާމް ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް

ޕެސިފިކް ކަނޑަށް މިއަދު ވަނީ 6.6 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައި-- ފޮޓޯ: އެކްސްޕްރެސް

ޕެސިފިކް ކަނޑުގެ ހުޅަނގުގައވާި އެމެރިކާގެ އެއަރބޭސް ހިމެނޭ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެެއެވެ.

ދެކުނު ކޮރެއާއާއި ފިލިޕީންސާ ދެމެދުން ޕެސިފިކް ކަނޑުގައި، އެމެރިކާގެ ޓެރިޓަރީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގުއާމް ހިމެނޭ ސަރަހައްދަށް އައިސްފައިވަނީ ރިކްޓަރ މިންގަނޑުން 6.6 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ ބުނެފައެވެ.

ޖީއެމްޓީ ގަޑިން މެންދަމު 12.22ގައި، ޔޫއެސް މެރިއާނާ އައިލެންޑްސްއާއި ފިލިޕީންސާ ދެމެދު އޮންނަ ޔެޕް ޓްރެންޗްގެ ކަނޑުގެ 45 ކިލޯމީޓަރު އަޑިއަށް އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

"ޔޫއެސް ވެސްޓް ކޯސްޓް، ކެނެޑާ، ބްރިޓިޝް ކޮލަމްބިއާ ނުވަތަ އަލަސްކާއަށް ވެސް ސުނާމީގެ އެއްވެސް ބިރުވެރިކަމެއް ނެތް،" ޔޫއެސް ސުނާމީ ވާނިންގ ސިސްޓަމާ ހަވާލާދީ އެކްސްޕްރެސްގައި ވެއެވެ.

"ފާހަގަކޮށްފައި ނުވާ ބައެއް ސަރަހައްދުތަކަށް ކޮންމެވެސް ވަރަކަށް އުދައެރުން އެކަށީގެންވޭ."

ގުއާމާއި މެކްރޮނޭޝިއާގެ ރަށްތައް އޮންނަނީ، ޕެސިފިކް ކަނޑުގައިވާ "ރިންގް އޮފް ފަޔަރ"ގެ ގޮތުގައި މަޝްހޫރުވެފައިވާ، ބިންހެލުންތައް ވަރަށް އާންމުކޮށް އަންނަ، ސަރަހައްދެއްގައެވެ.

comment ކޮމެންޓް