މާބަނޑު ދުވަސްވަރު ކަސްރަތު ކުރާނަމަ ދަރިފުޅުގެ ސިކުނޑިއަށް ފައިދާ ކުރާނެ

މާބަނޑު ދުވަސްވަރު ހަށިގަނޑު ދުޅަހެޔޮކަން މަތީ ބެހެއްޓުމަށާއި، ބަނޑުގައިވާ ދަރިފުޅަށް ފައިދާކުރާނެ ކަމެއްގެ ގޮތުގައި ކުރެވިދާނެ އެއް ކަމަކީ މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމެވެ.

މާބަނޑު ދުވަސްވަރު ގަވައިދުން ކަސްރަތު ކުރާނަމަ ބަނޑުގައިވާ ދަރުފުޅުގެ ހެދިބޮޑުވުމަށާއި ސިކުނޑިއަށް އެދެވޭ އަސަރު ކުރާނެއެވެ.

ޔުނިވާސިޓީ އޮފް މޮންޓްރިއަލް އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބުނެފައިވަނީ މާބަނޑު ދުވަސްވަރު ހަފްތާއަކު ތިންދުވަހު މަދުވެގެން 20 މިނެޓް ކަސްރަތުކުރި މައިންނަށް ލިބުނު ދަރިންގެ ސިކުނޑި މަަސައްކަތް ކުރާ މިންވަރު އެނޫން މައިންނަށް ލިބުނު ދަރިންނާ އަޅާބަލާއިރު ފުރިހަމަ ކަމަށެވެ. އަދި އެފަދަ ކުދިން އެނޫން ކުދިންނަށްވުރެ ތޫނުފިލި ކަމަށްވެސް ބުނެފައިވެއެވެ.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމަކީ "ޕްރެގްނެންސީ ރިލޭޓޭޑް ޑައިބެޓިކްސް" އިން ދުރުކޮށްދޭނެ ކަމެއްގެ އިތުރުން ބުރަކަށީގައި ރިއްސުން ފަދަ ސިއްހީ މައްސަލަތަކުން ދުރުކޮށްދޭނެ ކަމެކެވެ.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރާއިރު ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަންވާނެއެވެ.

comment ކޮމެންޓް