ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ދަރަވަންދޫ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ފެނަކަ

ދަރަވަންދޫ---

ބ. ދަރަވަންދުއަށް ކަރަންޓު ދޭން ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން އެރަށުގެ އެކި ސަރަހައްދުތަކުން ކަނރަންޓު ކެނޑިދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ހެނދުނުން ފެށިގެން ޕީކް ގަޑިތަކުގައިމުޅި ރަށުގެ ލޯޑް ނުހިފެހެއްޓޭނެތީވެ، އެރަށުގެ ސަރަހައްދުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށެވެ.

އަދި ދަރަވަންދޫގެ 250 ކިލޯވޮޓްގެ ޖަނަރޭޓަރު މަރާމާތު ކުރުމަށްޓަކައި އިންޖިނިއަރުންގެ ޓީމަކުން މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުންޏެވެ.

"... ކަރަންޓުގެ ހިދުމަތް އާންމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރެއްވުމާއި ކަރަންޓު ބޭނުންކުރަމުންދާ މިންވަރު ވީހާވެސް މަދު ކުރެއްވުމަށް އިލްތިމާސް ކުރަމެވެ." ފެނަކަ އިން ނެރުނު ބަޔާނުގައި ވެއެވެ.

comment ކޮމެންޓް