ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު އަވަހާރަކޮށްލައިފި

ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހު --

ހޫތީން ދިން ހަމަލާއެއްގައި ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސޯލިހު އަވަހާރަކޮށްލައިފި އެވެ.

ހޫތީން އަތްގަދަ ކޮށްފައިވާ ޔަމަންގެ އިންޓީރިއާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ ގައުމުގެ ގައުމީ ރޭޑިއޯ އިންވެސް ވަނީ ސާލިހް އަވަހާރަވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

ސޯލިހް އަވަހާރަވެފައިވަނީ ޔަމަންގެ ވެރިރަށް ސަންއާ ގައި ހޫތީންނާއި، ސޯލިހް އަށް ވަފާތެރި ސިފައިންނާ ދެމެދު ހަމަލާތައް ބަދަލު ކުރަމުން ދަނިކޮށެވެ. ހޫތީންނާއި ސާލިހް އަށް ވަފާތެރި ސިފައިންނާ ދެމެދު ހަމަލާތައް ބަދަލު ކުރަމުންދާތާ ފަސް ދުވަސް ވެފައިވާއިރުު ހޫތިން ވަނީ ސާލިހްގެ ގެއަށް ބޮންވެސް އަޅައިފައެވެ.

ސޯލިހު ގެ ގެއަށް ބޮން އެޅިފަހުން ޚަބަރެއް ނުވާ ކަމަށާއި، އާންމު ތަނަކުންވެސް އެމަނިކުފާނު ފެނިފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ. އީރާނުގެ މީޑިއާ އިންވެސް ވަނީ ސަލާހްގެ ފޮޓޯ އެއް ކަމަށްބުނެ ފޮޓޯ އެއް އާންމުކޮށްފައެވެ. ނަމަވެސް ސާލިހުގެ ޕާޓީ އިން ވަނީ އޭނާ އަވަހާރަވެއްޖެ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ.

ސޯލިހުގެ ވަފާތެރިންނާއި އެ ގައުގައި ވެރިކަންކުރާ ހޫތީ ހަނގުރާމަވެރިންނާ ދެމެދު ވެރިރަށް ސަނާގައި ދާދިފަހުން ވަނީ ވަރުގަދަ ހަމަލާތަކެއްވެސް ބަދަލުކޮށްފައެވެ.

ޔަމަނުގައި ހަމަނުޖެހުންތައްް އުފެދުނީ ހޫތީންނާ އެކު ކޯލިޝަން ހަދައިފައިވާ ކުރީގެ ރައީސް ސޯލިހް ސައުދީއާ މަޝްވަރާކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުމުގެ ސަބަބުންނެވެ. ސޯލިހް ވިދާޅުވީ ސައުދީން ޔަމަނުގެ އެއްގަމާއި ވައިގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި ނަމަ ސައުދީއާ އޮތް ގުޅުން މުޅިން އާފެށުމަކުން ފަށަން ތައްޔާރަށް އޮތް ކަމަށެވެ. ސައުދީން ދަނީ 2015 އިން ފެށިގެން ޔަމަނާ ދެކޮޅަށް ވަރުގަދަ ހަނގުރާމަ ކުރަމުންނެވެ.

ސޯލިހްގެ ވެރިކަން ވައްޓާލުމަށް ފަހު ޔަމަނުގެ ވެރިކަމަށް ވަޑައިގެެންނެވީ މަންސޫރު ހަދީ އެވެ. ނަމަވެސް ހޫތީން ވަނީ ހާދީގެ ވެރިކަން ވެސް ވައްޓާލައިފަ އެވެ. ސައުދީން ޔަމަނާ ދެކޮޅަށް ހަނގުރާމަފެށީ ހާދީގެ ވެރިކަން އަލުން ރުޖޫއަކުރުމަށެވެ. ނަމަވެސް މިހާތަނަށް ވެސް ސައުދީއަށް ހާސިލްކުރަން ބޭނުންވި އެއްވެސް މަގުސަދެއް ހާސިލްވެފައެއް ނެތެވެ.

ހޫތީންގެ ލީޑަރު އަބްދުލްމާލިކް އަލް ހޫތީ ވަނީ ސޯލިހްގެ ވާހަކަތައް ވަރަށް ބޮޑަށް ކުުށްވެރިކުރައްވައިފަ އެވެ. އޭނާ ވަނީ ސޯލިހްގެ އަމަލުތައް ބަޣާވާތެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.

ސައުދީން ޔަމަނަށް ދޭންފެށި ހަމަލާތަކާ އެކު ޔަމަނުގައި މިހާރު ވަނީ އިންސާނި ބޮޑު މުސީބާތެއް ޖެހިފަ އެވެ. އެގައުމުގެ މިހާތަނަށް ވަނީ 12،00 މީހުން މަރުވެފަ އެވެ.

ހޫތީންނަކީ ޔަމަނުގެ އުތުރުގައި އުފެދިފައިވާ ޝިޔައީ ޖަމާއަތެކެވެ. ހޫތީންނާ ޔަމަންގެ މައި ސަރުކާރާ ދެމެދު ހަމަނުޖެހުންތައް އުފެދެން ފެށީ 1990 ގެ އަހަރުތަކުގެ ތެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް