އެޑޮޕްޝަންގެ ވާހަކަ ދަރިފުޅަށް ސިއްރެއް ނުކުރާނަން: ސަނީ ލިއޯނީ

ދަރިފުޅު ނިޝާ އަކީ އެޑޮޕްޓު ކޮށްފައިވާ ކުއްޖެއްކަން ސިއްރު ނުކުރާނެ ކަމަށް ބޮލީވުޑް އެކްޓްރެސް ސަނީ ލިއޯނީ ބުނެފި އެވެ.

ސަނީ އާއި އޭނާގެ ފިރިމީހާ ޑެނިއެލް ވެބާ ދެ އަހަރުގެ ނިޝާ އެޑޮޕްޓު ކުރީ މިދިޔަ ޖުލައި މަހު، މަހާރާޝްތުރަ ސްޓޭޓުގެ ލާތޫރު އިންނެވެ.

އެއަށްފަހު ދެމަފިރިން އަންނަނީ ނިޝާ އަށް ވަގުތު ހުސްކުރަމުންނެވެ. އަދި ނިޝާއަށް ހުރިހާ ކަމެއް ފުރިހަމަކޮށްދީ، ލޯބި ދީގެން ބޮޑު ކުރާނެ ކަމަށާއި ދަރިފުޅު ގާބިލް އަންހެނަކަށް ހަދާނެ ކަމަށް ސަނީ ވަނީ ބުނެފަ އެވެ.

އެޑޮޕްޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަނީ ބުނީ، އެ ވާހަކަ ދަރިފުޅަށް ސިއްރު ނުކުރާނެ ކަމަށާއި ވަގުތު ޖެހުމުން ނިޝާ އަށް ހުރިހާ ވާހަކައެއް ރަނގަޅަށް ކިޔައިދޭނެ ކަމަށެވެ.

އެގޮތުން ނިޝާގެ މަންމަ އޭނާ ބޭނުން ނުވެގެން ދޫކޮށްލީ ނޫން ކަމާއި ނިޝާގެ މަންމަ މަރުވީ ވިހެއުމުގެ ތެރޭގައި ކަން ސާފުކޮށްދޭނެ ކަމަށް ސަނީ ބުންޏެވެ.

ނިޝާ އަކީ ސަނީ ބަނޑުއަޅައި ވިހެއި ކުއްޖެއް ނޫން ނަމަވެސް، ނިޝާ އެޑޮޕްޓު ކުރި ދުވަހުން ފެށިގެން ނިޝާގެ މަންމަ އަކީ އޭނާ ކަމަށް ވެސް ސަނީ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް