ރަޝިޔާގެ ކުރީގެ ރީތީގެ ރާނީ ޓަޓްޔާނާ ރާއްޖޭގައި

ޓަޓިއާނާ. އޭނާ ދަނީ ސަން ސިޔާމް އިރުފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން

ދެހާސް ހަ ވަނަ އަހަރު ރަޝީއާގެ ރީތީގެ ރާނީގެ ތާޖު ހޯދި ޓަޓިއާނާ ކޮޓޯވާ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ޓީވީ ޕްރެޒެންޓަރެއް އަދި ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ޓަޓިއާނާ ޗުއްޓީ ހޭދަކުރަމުންދަނީ ސަން ސިޔާމް އިރުފުށި ރިސޯޓުގަ އެވެ. ރިސޯޓުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އޭނާ ވަނީ އިންސްޓަގްރާމް ކޮށްފަ އެވެ.

ސަން ސިޔާމް އިރުފުށީގައި ޓަޓިއާނާ ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ އިންސްޓަގްރާމް

ޓަޓިއާނާ އަކީ މިސް ވޯލްޑް އަދި މިސް ޔުނިވާސް މުބާރާތުގައި ވެސް ރަޝިއާ ތަމްސީލު ކުރި ރީތީގެ ރާނީ އެވެ. މިހާރު އުމުރުން 32 އަހަރުގެ ޓަޓިއާނާ ވަނީ ރަޝިއާގެ ބައެއް ޓީވީ ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.

comment ކޮމެންޓް