ބޭނުންނުކުރާ 98 އެކައުންޓަކަށް އެޗްއެސްބީސީން ނޯޓިސް ދީފި

އެޗްއެސްބީސީ މާލޭގެ ބްރާންޗް -- ފޮޓޯ/ ރީޓެއިލް ނިއުސް އޭޝިއާ

ހިންގްކޮންގް އެންޑް ޝެންގްހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ) ބޭނުން ނުކުރާ އެކައުންޓްގެ ގޮތުގައި ހުރި 98 އެކައުންޓަކަށް ނޯޓިސް ދީފިއެވެ.

އެޗްއެސްބީސީން މިއަދު ނެރުނު ނޯޓިސްގައި ބުނެފައި ވަނީ ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު ގެ ސެކްޝަން 35 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކޮށް ނުވަތަ ބޭންކަށް ލިޔުމަކުން އަންގާފައިނުވާ، ފަސް އަހަރު ވެފައިވާ އެކައުންޓަކީ "ޑޯމަންޓް އެކައުންޓް" ނުވަތަ ބޭނުން ނުކުރާ އެކައުންޓެއްގެ ގޮތުގައި ބެލޭވޭނެ ކަމަށެވެ.

އެޗްއެސްބީސީން ބުނީ، 'ޑޯމަންޓް އެކައުންޓް' ގެ ތަފްސީލް އެކަސްޓަމަރަކު އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ނޯޓިސް ނޫހުގައި ޝާއިރުކުރާތާ 60 ދުވަހުގެ ތެރޭގައި އެކައުންޓް ގައި ހުރި ފައިސާއާ ހަވާލުނުވާނަމަ، އެފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް، ރާއްޖޭގެ ބޭންކިން އާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ފޮނުވާނެ ކަމަށް އެ ބޭނުން ނެރުނު ނޯޓިސްގައި ވެއެވެ.

'ޑޯމަންޓް އެކައުންޓް' އެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ނުދިނުމަށްޓަކައި، އެފަދަ އެކައުންޓުގެ ވެރިފަރާތުން، އެމީހުންގެ އައިޑީކާޑުގެ ކޮޕީއާއެކު އެ ބޭންކަށް ގޮސް އެކަން ހައްލު ކުރުމަށް އެޗްއެސްބީސީން ވަނީ އެދިފައެވެ.

comment ކޮމެންޓް