މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓަށް އުރުވަޝީ ރާއްޖޭގައި

އުރުވަޝީއާއި މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް އަދި އަދާރަން ހުދުރަން ފުށީގެ ޖެނެރަލް މެނޭޖަރު އަދިތުޔާ -- ސަން ފޮޓޯ: އަފްރާހް

މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ބޮލީވުޑްގެ އެކްޓްރެސް އުރުވަޝީ ރައުޓެލާ ރާއްޖެ އައިސްފިއެވެ.

އުރުވަޝީ މިއަދު ރާއްޖެ އައިސްފައިވާއިރު އޭނާ ހުރުމަށް ހަމަޖެހިފައިވަނީ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވާ އަދާރަން ހުދުރަންފުށީގައެވެ.

އުރުވަޝީއާއި އޭނާގެ މަންމައާއެކު މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް އަދި އަދާރަން ހުދުރަން ފުށީގެ ޖެނެރަލް މެނޭޖަރު އަދިތުޔާ -- ސަން ފޮޓޯ: އަފްރާހް

ރާއްޖެ އައިސް އެއާޕޯޓުގައި ހުރެ ސަން އަށް ދިން ހާއްސަ އިންޓަވިއު އެއްގައި އުރުވަޝީ ބުނީ ރާއްޖޭގެ ރީތިކަމުގެ ވާހަކަ އަބަދުވެސް އަޑުއަހާ ކަމަށެވެ. ރާއްޖެ އާދެވުމުން ވަރަށް އުފާވާކަމަށް އޭނާ ބުންޏެވެ.

އުރްވަޝީ ސަން އަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ/ އަފްރާހު

އުރްވަޝީ އަކީ 2009 ވަނަ އަހަރުގެ މިސް ޓީން އިންޑިއާ ކާމިޔާބުކުރި ރީތީގެ ރާނީއެވެ. އޭނާ ވަނީ 2015 ވަނަ އަހަރު މިސް ޔުނިވާސް މުބާރާތުގައި ވެސް ބައިވެރިވެފައެވެ.

ބޮލީވުޑަށް އުރްވަޝީ ތައާރަފްވީ 2013 ވަނަ އަހަރު ނިކުތް "ސިންގް ސާހަބް ދަ ގްރޭޓް" އިންނެވެ. މީގެ އިތުރުން ސަނަމްރޭ ގައިވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ. ހޭޓް ސްޓޯރީ 4 އިންވެސް އޭނާ ފެނިގެންދާނެއެވެ. މީގެ އިތުރުން ރޭސް 3 ގައި ހާއްސަ ފެނިލުމަކުން އުރްވަޝީ ފެނިގެންދާނެއެވެ.

comment ކޮމެންޓް