ޗައިނާގެ އެޕް ސްޓޯރުން ސްކައިޕާއެކު އިތުރު އެޕްތަކެއް ނަގައިފި

މަގެއްގެ މަތިން މީހަކު ހިނގާފައި ދާއިރު ފަހަތުން އެޕަލް ކުންފުނީގެ ލޯގޯ ---

(ރޮއިޓާސް) – ވީޑިއޯ ޗެޓް އަދި ކޯލް ކުރެވޭ އެޕްލިކޭޝަނެއް ކަމަށްވާ ސްކައިޕް އާއި މައިކްރޯސޮފްޓުގެ އިންޓަނެޓް ފޯން ކޯލް އަދި މެސެޖިން ސާވިސް ހިމެނޭ ގޮތަށް ޗައިނާގެ އެޕް ސްޓޯރުން ބައެއް އެޕްތައް އެޕަލް ކުންފުނިން ނަގައިފިއެވެ.

އެޕަލް ކުންފުނީގެ ތަރުޖަމާނަކު ރޮއިޓާސްއަށް ބުނި ގޮތުގައި، ޗައިނާގެ އެޕް ސްޓޯރުން ބައެއް އެޕްލިކޭޝަންތައް ނަގަން ޖެހުނީ، އެގައުމުގެ ގާނޫނު ތަކާ ހިލާފު ވާތީވެ، އެގައުމުގެ ސަރުކާރުގެ އެދުމުގެ މަތިން ކަމަށެވެ.

"ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީ އިން ވަނީ އިންޓަނެޓް މެދުވެރިކޮށް އަޑު ފޮނުވޭ ބައެއް އެޕްލިކޭޝަންތަކަކީ އެގައުމުގެ އާންމު ގާނޫނަށް ފުށުއަރާ ކަމަށް ބުނެފައި. އެހެން ކަމުން އެފަދަ އެޕްތައް ވަނީ ޗައިނާގެ އެޕް ސްޓޯރުން ނަގާފައި،" އެޕަލް ކުންފުނީގެ ތަރުޖަމާން ވިދާޅުވި އެވެ.

ޗައިނާގެ އެޕަލް ސްޓޯރުން ސްކައިޕް އާއެކު ބައެއް އެޕްތައް އެޕަލް ކުންފުނިން ނަގާފައިވާއިރު، ޗައިނާގެ އެޕަލް ބޭނުން ކުރާ ފަރާތްތަކަށް އެލްފެބެޓް އިންކޯޕަރޭޝަންގެ ގޫގުލް ސާވިސް، ފޭސްބުކް އަދި ޓްވިޓާ ވެސް ބޭނުމެއް ނުކުރެވެ އެވެ.

ވޭތުވެދިޔަ އަހަރު ތަކުގައި ޗައިނާގެ ސަރުކާރުން ތައާރަފް ކުރި ބައެއް ގާނޫނު ތަކާއި ގަވާއިދު ތަކުގެ ސަބަބުން އެގައުމުގައި ހިދުމަތް ފުޅާ ކުރަން ބޭނުންވާ ބޭރުގެ ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

comment ކޮމެންޓް