42 ވަނަ ގައުމީ ފެތުމުގެ މުބާރާތް ފަށައިފި

ސްވިމިން އެސޯސިއޭޝަނުން 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ގައުމީ ފެތުމުގެ މުބާރާތުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ މަކީޓާ 42 ވަނަ ގައުމީ ފެތުމުގެ މުބާރާތް އިއްޔެ ހަވީރު ފަށައިފިއެވެ.

ބީއެމްއެލް މާލޭ ސްވިމިން ޓްރެކުގައި ފެށި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ މުބާރާތުގައި ޓީމް ކެޓަގަރީ އާއި އޯޕަން ކެޓަގަރީ އާއި އެކި އުމުރުފުރާތަކުގެ ކެޓަގަރީ އާއި މާސްޓާސް އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުޅުވާލައިގެން ބޭއްވޭ ކެޓަގަރީތައް ހިމެނޭނެއެވެ.

މި މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރުން 14 އަހަރުން މަތީގެ އުމުރުފުރާތަކުގައި ފެތުންތެރިން ވާދަކުރާނެއެވެ. ސްވިމިން އެސޯސިއޭޝަނުން ބުނީ ކޮންމެ ކެޓަގަރީއެއްގައިވެސް އަންހެން އަދި ފިރިހެން އިވެންޓުތައް ކުރިއަށްދާނެ ކަމަށެވެ.

12 އަހަރުން ދަށުގައި ޖުމްލަ 11 އިވެންޓު ހިމެނޭއިރު، 14 އަހަރުން ދަށުގެ ބައިގައިވެސް 11 އިވެންޓެއް ކުރިއަށްދާނެއެވެ. އަދި 14 އަހަރުން މަތީގެ ބައިގައި 11 އިވެންޓެއް ހިމެނޭއިރު، މާސްޓާސް ކެޓަގަރީގައި 5 އިވެންޓެއް ކުރިއަށްދާނެއެވެ. މީގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީގައި ތިން އިވެންޓެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް