މާލޭގައި ރޭގެ ވަގުތެއްގައި މީހެއްގެ ކަރުގައި ވަޅި ޖައްސައިގެން ފޭރެން އުޅެފި އެވެ.
ފޭސްބުކުގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި މާލޭގެ ގޯޅިއެއްގެ ތެރޭގައި ސައިކަލުގައި މީހަކު އިންދައި، އެ މީހާގެ ފަހަތުން ޒުވާން ފިރިހެނަކު އައިސް ކަރުގައި ވަޅިޖައްސާތަން ފެނެ އެވެ.
ނަމަވެސް އެ ވީޑިއޯއިން އޭނާގެ އަތުން ފޭރޭ މަންޒަރެއް ނުފެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ، އެ މައްސަލަ ރޭ 07:25 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.