ޖާންވީގެ ދެވަނަ ފިލްމުގައި ފެންނާނީ ރަންވީރު ސިންހް އާއެކު

ޖާންވީ--

ޝްރީދޭވީގެ ދޮށީ ދަރި ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފްވާނީ ކަރަން ޖޯހަރްގެ "ދަޅަކް" އިންނެވެ. މި ފިލްމުގެ ޕޯސްޓަރު އިއްޔެ ވަނީ އާންމު ކޮށްފައެވެ. ދަޅަކް ގައި ޖާންވީ އާއެކު ދެން ފެންނާނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކަައްތަރާއެވެ.

ޖާންވިގެ ފުރަތަމަ ފިލްމުގެ މަސައްކަތް ނުފެށިއުޅެނިކޮށް އޭނާގެ ދެ ވަނަ ފިލްމެއްގެ ވާހަކަ މިހާރު ވަނީ ދެކެވެން ފަށައިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޯހިތް ޝެޓީގެ ފިލްމަކުން ޖާންވީ ވަރަށް އަވަހަށް ފެނިގެންދާނެއެވެ. މި ފިލްމުގައި ޖާންވީއާއެކު ފެންނާނީ ރަންވީރު ސިންހް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެ ފިލްމާ ގުޅޭ ގޮތުން ރޯހިތް ޝެޓީ މިހާރު ވަނީ ޖާންވީ އާ މަޝްވަރާ ވެސް ކޮށްފައި ކަމަށާއި ރޯހިތްގެ ހުށަހެޅުމާމެދު ޖާންވީ ހުރީ ހިތްހަމަ ޖެހިފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ފިލްމާ ގުޅޭ ރަސްމީ އެއްވެސް ލިޔެކިޔުމެއްގައި އަދި ސޮއިކޮށްފައި ނުވާކަމަށްވެއެވެ.

comment ކޮމެންޓް