ޑޮންގެ ތިން ވަނަ ބައެއް ފެންނާނެ: ޑައިރެކްޓަރު

ޑޮންގެ މަންޒަރެއްގައި ޝާހުރުކްޚާން. ޑޮން ސީކުއެލްގެ ތިންވަނަ ފިލްމެއްގެ މަސައްކަތް ކުރާނެ ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައި--

ޝާހުރުކްޚާން ލީޑް ރޯލުން ފެނިގެންދާ ބޮލީވުޑްގެ ފްރެންޗައިޒް ފިލްމް ސީރީޒް ޑޮން ގެ ތިންވަނަ ބައެއް ފެންނާނެ ކަމަށާ މިހާރު އިންތިޒާރު ކުރަނީ ފިލްމުގެ ސްކްރިޕްޓަށް ކަމަށް ޑޮންގެ ޑައިރެކްޓަރު ރިތޭޝް ސިދްވާނީ ބުނެފިއެވެ.

އެކްސްއެލް އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކުރި ޑޮންގެ ފުރަތަމަ ފިލްމު 2006 ގައި ރިލީޒްކުރި އިރު ފިލްމުގެ ދެވަނަ ބައި 2011 ގައި ވަނީ ރިލީޒްކޮށްފައެވެ.

ޑޮން ގެ ފިލްމުގައި "ޑޮން" ގެ ކެރެކްޓާއަކީ އެނެމް މުހިއްމު ބައި ކަމަށާ މިހާރު އިންތިޒާރު ކުރަނީ ފިލްމަށް އެންމެ އެކަށީގެންވާ ސްކްރިޕްޓެއް ލިބޭނެ ވަގުތަކަށް ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

"ވަރަށް އަވަހަށް ޑޮންގެ ތިންވަނަ ބައެއް ފެންނާނެ" އޭނާ ބުންޏެވެ.

ރިތޭޝް މިހާރު ކުރަނީ "ފުކްރޭ"ގެ ދެވަނަ ބައި ފުކްރޭ ރިޓާންސްގެ މަސައްކަތެވެ. މި ފިލްމުގެ ތިންވަނަ ބައެއްވެސް ހަދާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައެވެ. ފުކްރޭ ރިޓާންސް އަންނަ މަހު ރިލީޒްކުރާނެއެވެ.

comment ކޮމެންޓް