ސ. ފޭދޫ ބަލިކޮށް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހެންވޭރުން ހޯދައިފިއެވެ.
މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި ރޭ ކުޅުނު މުބާރާތުގެ ފައިނަލް މެޗު ހެންވޭރުން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާ އަކުންނެވެ.

ނޮވެމްބަރ 13، 2017: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގެ ތެރެއިން: 3-0 ލަނޑުން ސ. ފޭދޫ ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ހެންވޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ކުރީ ކޮޅު ހެންވޭރުން ވަނީ ލަނޑެއް ޖަހައި ކުރި ހޯދައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ރިއްފަތެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައި ވަނީ ހެންވޭރުގެ މުހައްމަދު ރިއްފަތެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ނޮވެމްބަރ 13، 2017: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގެ ތެރެއިން: 3-0 ލަނޑުން ސ. ފޭދޫ ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ހެންވޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދެވަނަ ހާފު ފެށިގެން މާގިނައިރު ތަކެއް ނުވެ، ރިއްފަތު ވަނީ އިތުރު ލަނޑެއް ޖަހައި ހެންވޭރަށް ލީޑު ފުޅާ ކޮށްދީފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ރިއްފަތެވެ. ހެންވޭރުގެ ތިން ވަނަ ލަނޑު ޖަހައިދިނީ އިބްރާހިމް ރިޒްވާން އެވެ.
މި މެޗު ޝަރަފުވެރި ކޮށްދެއްވައި ވަނަ ވަނަ އަށް އައި ފަރާތްތަކަށް ތައްޓާއި މެޑަލް ހަވާލު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

ނޮވެމްބަރ 13، 2017: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގެ ތެރެއިން: 3-0 ލަނޑުން ސ. ފޭދޫ ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ހެންވޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހެންވޭރު ޓީމުގެ ރިއްފަތު އެވެ. މީގެ އިތުރުން މުބާރާތުގެ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ހޮވުނު ބ. ތުޅާދޫ ޓީމުގެ އާފިގް ރަޝީދު އާއި ރ. އިގުރައިދޫ ޓީމުގެ އަހުމަދު އައިހަމް އާއި ހެންވޭރު ޓީމުގެ ރިއްފަތުގެ އިތުރުން މ. މަޑުއްވަރީ ޓީމުގެ ނާޝިދު އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނޯ ހެންވޭރު ޓީމުގެ ކޯޗު މުހައްމަދު ނިމާލް އެވެ.

ނޮވެމްބަރ 13، 2017: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗުގެ ތެރެއިން: 3-0 ލަނޑުން ސ. ފޭދޫ ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ހެންވޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް މ. މަޑުއްވަރީ ޓީމު ހޮވުނު އިރު، އެންމެ ރަނގަޅަށް ސަޕޯޓު ކުރި ޓީމަކަށް ހޮވުނީ ބ. ތުޅާދޫ އެވެ.
މިއަހަރު އެ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ޗެމްޕިއަން ޓީމަށް ދީފައި ވަނީ 65،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިދިޔަ އަހަރު ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން ނަމަވެސް، މިއަހަރު ރަނަރަޕް ޓީމަށް ދީފައި ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް އެ މުބާރާތުގައި 50 ޓީމެއް ވާދަކުރެ އެވެ.