އަންނަ އަހަރުން ފެށިގެން ޣިޔާސުއްދީންގެ ސެކަންޑްރީ ދަރިވަރުންނަށް ޑިޖިޓަލް ޓެކްސްޓް ފޮތް

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް - ފޮޓޯ/ ޣިޔާސުއްދީން ފޭސްބުކް ޕޭޖް

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ތިން ހިދުމަތެއް އެ ސްކޫލުން މިއަދު ތައާރަފްކޮށްފިއެވެ.

އެގޮތުން ދަރިވަރުންގެ މުސްތަގުބަލަށް ހާއްސަ ކެރިއާ ގައިޑެންސް ވެބްސައިޓަކާ، ޑިޖިޓަލް ޓެކްސްޓް ފޮތް އަދި މައިކްރޯސޮފްޓް ޓީމްސް ގެެ ނަމުގައި ހިދުމަތްތަކެއް ވަނީ ތައާރަފްކޮށްފައެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކެރިއާ ގައިޑެންސް ވެބްސައިޓްގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މުވައްޒަފު ވިދާޅުވީ ކެރިއާ ގައިޑެންސަށް ހާއްސަ ދެ ޕްލެޓްފޯމެއް މިއަދު ތައާރަފް ކުރި ކަމަށެވެ.

ނާވިއަންސް: މިއީ ކުދިން އިހުތިޔާރު ކުރާ ދާއިރާ އަކާ ގުޅޭ މައުލޫމާތު އެކުލެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ އެހީގައި ކުރިއަށް ދާން ހިޔާރުކުރާ ދާއިރާ އިން ކުރިއަށް ދިއުމަށް ކިޔަވަން ޖެހޭ މާއްދާތަކާ، އެ ދާއިރާތަކުން ހުރި ފުރުސަތު ތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި ޔޫއެސް ބޭސްޑް ޔުނިވާސިޓީ އަދި ކޮލެޖް ތަކާ ގުޅޭ މައުލޫމާތާ، ކޮލެޖް ޔުނިވާސިޓީއަށް އެޕްލައި ކުރަން ކަންތައް ކުރަންވީގޮތް އަދި ޔުނިވާސިޓީތަކުގެ އެޑްމިނިސްޓްރޭޝަން އަށް ގުޅޭނެ މައުލޫމާތުވެސް މި ޕްލެޓްފޯމުގައި ހިމެނޭނެ ކަމަށް ގިޔާސުއްދީން އިން ބުނެއެވެ.

100 މެންޓާސް: މިއީ ދުނިޔޭގެ މަޝްހޫރު ބައެއް ޔުނިވާސިޓީތަކުގެ ގްރެޖުއޭޓުންނާ ވާހަކަ ދައްކާ، ޔުމިވާސިޓީގައި ކިޔެވުމުގެ ކަންތައް ކުރިއަށްދާ ގޮތާ ގުޅޭ މައުލޫމާތު ލިބިދޭނެ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް މެންޓާސް އާއެކު ރިއަލް ޓައިމް ސެޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ޣިޔާސުއްދީން އިން ބުނެއެވެ.

ގިޔާސުއްދީން އިން މިއަދު ވަނީ އެ ސްކޫލުގެ ސެކަންޑްރީ ދަރިވަރުންނަށް ހާއްސަ ކޮށްގެން ޑިޖިޓަލް ޓެކްސްޓް ފޮތްވެސް ތައާރަފް ކޮށްފައެވެ. ކުރިއަށް އޮތްތަނުގައި އެހެން ގްރޭޑްތަކަށްވެސް ޑިޖިޓަލް ޓެކްސްޓް ފޮތް ތައާރަފް ކުރާނެ ކަމަށް އެ ސްކޫލުން ބުނެއެވެ. މިއާއެކު ކުދިންގެ ދަބަހަށް ލުއިވާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

"މިހާރު އެންމެ ބޮޑު އެއް މައްސަލައަކީ ކުދިން ޓެކްސްޓް ފޮތްތައް ނުގެނައުން. ޑިޖިޓަލް ޓެކްސްޓް ބުކްސް އާއެކު އެކުދިންގެ ލެޕްޓޮޕް ނޫނީ ފޯނުންވެސް ޓެކްސްޓް ތަކަށް އެކްސެސް ވެވޭނެ،" އެ ސްކޫލުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޑިޖިޓަލް ޓެކްސްޓްބުކްގައި ނޯޓުތައް ހިއްސާކުރާނީ މައިކްރޯސޮފްޓް ވަން ނޯޓުގައެވެ.

މީގެ އިތުރުން ގިޔާސުއްދީން އިން މިއަދު ވަނީ މައިކްރޯ ސޮފްޓް ޓީމްގެ ނަމުގައިވެސް ހިދުމަތެއް ތައާރަފްކޮށްފައެވެ. މައިކްރޯސޮފްޓް އޮފީސް 365 މެދުވެރިކޮށް ފޯރުކޮށްދޭ މި ހިދުމަތުގައި ނޯޓުތައް އަދި އެސައިންމެންޓްތައް ހިއްސާކޮށް ހެދޭނެއެވެ. މިއީ އިންޓަރެކްޝަން ބޭސްޑް ކޮށް ދޭ ހިދުމަތެއް ކަމަށާ، ފޭސްބުކް ފަދަ ވަސީލަތްތައް ބޭނުން ކުރާ ގޮތަށް މި ހިދުމަތުގައި ނޯޓުތައް ޝެއާކޮށް ވާހަކަ ދައްކާ ހެދޭނެ ކަމަށް ގިޔާސުއްދީން އިން ބުނެއެވެ.

comment ކޮމެންޓް